News

ކޮވިޑް-19 އިން އަރައިގަތުމަށް ގާޑިއޯލާ އާއި ފުޓްބޯޅަ ތަރިންގެ ދީލަތި އެހީ

25 މާރިޗު 2020






ސްޕެއިން ގައި ކޮރޯނާވައިސް (ކޮވިޑް-19) އާއި ދެކޮޅަށް ކުރާ ހަނގުރާމައަށް އެހީވުމަށް މެންޗެސްޓަރސިޓީގެ މެނޭޖާރ ޕެޕް ގާޑިއޯލާ 1 މިލިއަން ޔޫރޯ ހަދިޔާކޮށްފިއެވެ.

 

މިވަގުތު އަމިއްލަ ގޭގައި ބާސެލޯނާގައި ހުރި ގާޑިއޯލާ ވަނީ އޭނާގެ ފައިސާ އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރުމަށް އޭނާގެ ވަކީލުންނާއި މަޝްވަރާކުރަމުންނެވެ. 

 

ގާޑިއޯލާ އަމިއްލަ ގައުމުން ކޮރޯނާވައިރަސްގެ ބަލިމަޑުކަމާއި ދެކޮޅަށް ކުރާ މަސައްކަތަށް ހަދިޔާކުރި 1 މިލިއަން ޔޫރޯ ބޭނުންކުރާނީ މެޑިކަލް ކޮލެޖް އޮފް ބާސެލޯނާ އާއި ސޯލާ ޑެނިއަލް ފައުންޑޭޝަންއިން ހިންގާ ކެމްޕޭނެއްގައެވެ. 

 

ކޮރޯނާވައިރަސް އެންމެ ހަލުވިމިނެއްގައި ފެތުރެމުން އަންނަ ޔޫރަފްގެ ގައުމުތަކުގެ ތެރޭގައި ސްޕެއިންނަކީވެސް ވަރަށް ބޮޑަށް އޭގެ އަސަރު ކޮށްފައިވާ އެއް ގައުމެވެ.

 

އިއްޔެއާ ހަމައަށް ރަސްމީ ހިސާބުތަކުން ދައްކާގޮތިގައި ސްޕއިންގައި ކޮރޯނާވައިރަސް ޖެހިގެން 2،696 މީހުން ވަނީ މަރުވެފައެވެ. އަދި 40،000 އާއި ގާތްކުރާ އަދަދަކަށް ވަނީ މި ބަލި ޖެހިފައެވެ. 

 

ގާޑިއޯލާގެ އިތުރުން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލައޮނަލް މެސީވެސް ވަނީ ކޮރޮނާވައިރަހާ ދެކޮޅަށް ފަށާފައިވާ ކެމްޕޭނަށް 1 މިލިއަން ޔޫރޯ ހަދިޔާ ކޮށްފައެވެ. 

 

ބައެއް ރިޕޯޓްތައް ބުނާގޮތުން މެސީ ވަނީ ދެ   ހޮސްޕިޓަލަކަށް 1 މިލިއަން ޔޫރޯ ހަދިޔާކޮށްފައެވެ. އެ ދެ ހޮސްޕިޓަލަކީ ބާސެލާނެ ހޮސްޕިޓަލަކާއި މެސީގެ އަމިއްލަ ގައުމުކަމުގައިވާ އާޖެންޓީނާގެ ހޮސްޕިޓަލެކެވެ. 

 

ކްރިސްޓިއާނޯ ރޯނާލްޑޯ 1 މިލިއަން ޔޫރޯ ހަދިޔާކޮށްފައިވަނީ ޕޯޓޯ އާއި ލިސްބަންގައި ކޮރޯނާވައިރަސް ޖެހިފައިވާ މީހުންނަށް ފަރުވާދޭ ތިން އައިސީޔޫ ޔުނިޓަކަށެވެ. 

 

މިދިޔަ ހަފްތާގައި ބެޔާން މިއުނިކްގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ ވަނީ ޖާމަނީގައި ކޮރޯނަވައިރަހާއި ދެކޮޅަށް ކުރާ މަސައްކަތަށް 1 މިލިއަން ޔޫރޯ ހަދިޔާކޮށްފައެވެ. 

 



Leave a Comment:

Comments will be published after moderation.