News

އަންނަ އަހަރަށް ފަސްކުރިޔަށް ކިޔާނީ "ޓޯކިޔޯ 2020"

24 މާރިޗު 2020






 

"ޓޯކިޔޯ 2020" އޮލިމްޕިކްސް އަދި ޕެރަލިމްޕިކް ގޭމްސް އަންނަ އަހަރަށް ފަސްކުރި ނަމަވެސް  އަންނަ އަހަރުގެ އިވެންޓަށް ކިޔާނީ ހަމަ "ޓޯކިޔޯ2020" ކަމަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީން ބުނެފިއެވެ. 

 

އަންނަ އަހަރުގެ ހޫނުމޫސުމަށް އޮލިމްޕިކް ގޭމްސްފަސްކޮށްފައިވަނީ ކޮރޯނާވައިރަސްގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ ވަބާއިން ސަލާމަތް  ނުވެވެނީސް ގޭމްސް ނުބޭއްވުމަށް އެދި އެގި ގައުމުތަކުން ގޮވާލަމުންދާތީ އާއި ބައެއް ގައުމުތަކުގެ ޓީމުތައް ޖަޕާނަށް ނުފޮނުވާނެ ކަމަށް ބުނުމާއި ގުޅިގެންނެވެ. 

 

ޖަޕާނުން ހޯސްޓް ކުރާ މިއަހަރުގެ އޮލިމްޕިކް ގޭމްސް ބާއްވަން ހަމަޖެހިފައި އޮތީ  24 ޖުލައިން 9 އޮގަސްޓްގެ ނިޔަލަށެވެ. 

 

 ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ 100 ވިދާޅުވީ އޮލިމްޕިކް ގޭމްސް ފަސްކުރުމަށް އެދި އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) ގެ ރައީސް ތޯމަސް ބެޗް އަށް ހުށަހެޅުވުމުން އެކަމަށް 100  ޕަސެންޓް އެސްބަސްވެވަޑައިގެންފައިވާ ކަމަށެވެ.

 

 ޖާޕާނާއި އައިއޯސީން އެއްގަލަކަށް އަރާ އޮލިމްޕިކް ގޭމްސް 2021 އަށް ފަސްކުރަަން  ނިންމާފައިވަނީ އައިއޯސީގެ މެންބަރުންނާއި ޓޯކިޔޯ2020ގެ އޮގަނައިރުން ބޭއްވެވި ވީޑިއޯ ކޮންފަރެންސް ބައްދަލުވުމަކަށް ފަހުއެވެ.

 

ހޯމަ ދުވަހު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނޮމް ވިދާޅުވީ ކޮވިޑް-19 ކުރިޔަށްވުރެ ބާރަށް ދުނިޔޭގައި ފެތުރެމުން ދާކަމަށެވެ. 

ޓެޑްރޮސް ވިދާޅުވީ މިހާރު 375،000އަށްވުރެ ގިނަ ކޭސްތައް ފެނިފައިވާ ކަމަށާއި، އަދި މި އަދަދު ކޮންމެ ގަޑިއިރަކުވެސް މި އަންނަނީ އިތުރުވަމުން ކަމަށެވެ. 

 



Leave a Comment:

Comments will be published after moderation.