News

ސެމީގެ ފުރަތަމަ ޖާގަ ޓީސީ ކަށަވަރު ކޮށްފި

9 ފެބްރުއަރީ 2019






މިރޭ ޔޫތު ޗެމްޕިއަންޝިޕްގައި ޓީސީ އަދި ޑަ ގްރާންޑޭ ބައްދަލު ކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ސެމީ އަށް ޓީސީ ދަތުރު ކޮށްފިއެވެ.

މިރޭ ކުޅެވުން ފޯރިގަދަ މެޗުގައި ދެ ޓީމްގެ ފަރާތުންވެސް މޮޅު ކުޅުމެއްވަނީ ފެނިގެން ގޮސްފައެވެ. ނަމަވެސް ޓީސީ މެޗުގެ ބޮޑުބައި ކޮންޓްރޯލް ކޮށްފައިވަނީ ޓީސީއިންނެވެ. މެޗުގެ 18ވަނަ މިނިޓުގައި ޓީސީގެ ޒަޔާން ނަސީރު ވަނީ ލަނޑެއް ކާމިޔާބުކޮށް ޓީސީއަށް ލީޑު ހޯދައިދީފައެވެ. އޭގެ އަށް މިނިޓް ފަހުން އެ ޓީމްގެ އަކްމަލް މުހައްމަދު ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. އަދި 37 ވަނަ މިނިޓުގައި ޑަ ގްރާންޑޭގެ ކީޕަރ ކައިރިން ނައްޓާލުމަށްފަހު ހަމަޖެހިލައިގެން ވަނީ ގޯލެއް ޖަހައިދީފައެވެ. ޑަ ގްރާންޑޭއަށް ޓީސީގެ ކުޅުމަށް ޖަވާބެއް ދެވޭވަރުވީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. އެއީ ޓީސީގެ ކީޕަރު މާކުރިއަށް ނިކުމެ ދިފާއު ކުރަން އުޅުމުގެ ތެރޭގައި ރަނގަޅަށް ބޯޅަ ސާފު ނުކުރެވެމުގެ ސަބަބުން ޑަ ގްރާނޑޭގެ އައިމަން ތައުފީޤްއަށް އޭރިއާ ތެރެއިން ލިބުން ފުރުސަތެއް ބާރރަށް ގޯލާއި ދިމާލަށް ފޮނުވާލައިގެންނެވެ. ނަމަވެސް ދެވަނަ ހާފުގައި ނިކުމެ 9 މިނިޓު ތެރޭ އަނެއްކާވެސް ޓީސީގެ އަކްމަލް ލަނޑެއް ކާމިޔާބުކުރިއެވެ. މިއީ އޭރިއާގެ އެންމެ ކޮޅުން ބާރު ސްޕީޑެއްގައި ފޮނުވާލި ބޯޅައެކެވެ. މެޗު ނިމިގެން ދިޔައީ 1-4ގެ ނަތީޖާއަކުންނެވެ.

މި ނަތީހާގެ ސަބަބުން ގްރޫޕް އޭގެ ދެން އޮތް މެޗަކީ ޑަ ގްރާންޑޭއަށްވެސް އަދި ވިކްޓަރީއަށްވެސް މުހިންމު މެޗަކަށް ވެގެން ދާނެއެވެ. ސަބަބަކީ ވިކްޓަރީ އެމެޗުން މޮޅުވެއްޖެ ނަމަ ޑަ ގްރާންޑޭ ސެމީއަށް ނުދާނެތީއެވެ. ކޮންމެއަކަސް އާދީއްތަ ދުވަހު މި ގްރޫޕްގައި ހުރި ފޯރިއެއް ބަލާލުމަށް ބޯޅަޑޮޓްއެމްވީ ހިޔާރު ކުރަށްވާށެވެ.

Da-GANG FAM U-21 Youth Championship TC Sports Club

Leave a Comment:

Comments will be published after moderation.