News

ބޮޑީބިލްޑިންގގެ ބައެއް ހަރަކާތްތައްވެސް މެދުކަނޑާލައިފި

23 މާރިޗު 2020






ރާއްޖޭގައި ކޮރޯނާވައިރަސްގެ ހާލަތު އޮތް ގޮތުން ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ބައެއް ހަރަކާތްތައް ފަސްކޮށްފިއެވެ. 

 

ބޮޑީބިލްޑިންގ އެސޯސިއޭޝަނުން  ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 ގެ ސަބަބުން ދުނިޔެ އާއި ރާއްޖޭގައި އަޅާފައިވާ އެކި ފިޔަވަޅުތަކާއި ގުޅިގެންނާއި، ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާތީ ބައެއް އިވެންޓްތައް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.

 

އެގޮތުން 03 އޭޕްރީލްގައި ބާއްވަން ހަމަޖެހިފައި އޮތް ގައުމީ ބޮޑީބިލްޑިންގ ޓީމު އެކުލަވާލުމަށް ހަމަޖެހިފައިވާ ސިލެކްޝަން އިވެންޓް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށް އެސޯސިއޭޝަންގެ ބަޔާނުގައި ބުނެފައިވެއެވެ. 

 

މިމަހުގެ 12 ވަނަ ދުވަހު ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާތީ ފުޓުބޯޅަ، ވޮލީބޯޅަ،، ހޭންޑްބޯލަ، ކްރިކެޓް އަދި ސްވިމިން އާއި ރާޅާ އެޅުމުގެ މުބާރާތްތައްވެސް ވަނީ ފަސްކޮށްފައެވެ. 

 

އަދި ކުޅިވަރު އެސޯސިއޭޝަންތަކުގެ ހަރަކާތްތައް މެދުކަނޑާލުމަށް އެޗްޕީއޭއިން އަންގާފައިވާތީ މިވަގުތު ކުޅިވަރުގެ އެއްވެސް ހަރަކާތެއް ނުހިންގައެވެ. 

 



Leave a Comment:

Comments will be published after moderation.