News
ކެނެޑާ އާއި އޮސްޓްރޭލިއާއިން އޮލިމްޕިކްސް އަށް އެތްލީޓުން ނުފޮނުވާނެ
23 މާރިޗު 2020
ކޮރޯނާވައިރަސްގެ ނުރައްކާތެރިކަން ބޮޑުވުމުގެ ސަބަބުން ޖަޕާނުގައި ބާއްވާ އޮލިމްޕިކް ގޭމްސް، "ޓޯކިޔޯ 2020" އަށް ކެނެޑާ އާއި އޮސްޓްރޭލިއާއިން އެތްލީޓުން ނުފޮނުވަން ނިންމައިފިއެވެ.
ކެނެޑާއާއި އޮސްޓްރޭލިއާގެ އޮލިމްޕިކް ކޮމިޓީން ވަކިވަކިން ނެރެފައިވާ ދެ ބާޔާނެއްގައި ބުނެފައިވަނީ ކޮރޯނާ ވައިރަސްގެ ސަބަބުން ދެގައުމުންވެސް އެތްލީޓުން ފޮނުވަން ބޭނުން ނުވާކަމަށާއި 2021 އަށް އޮލިމްޕިކް ގޭމްސް ފަސްކުރުމަށް ގޮވާލާ ކަމަށެވެ.
ކެނެޑާ އާއި އޮސްޓްރޭލިއާގެ އޮލިމްޕިކް ކޮމިޓީން ބުނީ މިފަދަ ނުރައްކާތެރި ދަނޑިވަޅެއްގައި އިންސާނުންގެ ސިއްހަތާއި އެދެގައުމުގެ އެތްލީޓުންގެ ރައްކާތެރިކަމަށްވުރެ މުހިންމުކަމެއް ނޯންނާނެ ކަމަށެވެ.
ކެނޭޑިއަން އޮލިމްޕިކް ކޮމިޓީ އާއި ޕެރަލިމްޕިކް ކޮމިޓީން ގުޅިގެން އާދިއްތަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނީ މުހިންމުވަނީ ހަމައެކަނި އެތްލީޓުންގެ ސިއްހަތު ނޫން ކަމަށާއި، އާންމުންގެ ސިއްހީ ރައްކާތެރިކަންވެސް މުހިންމު ކަމަށެވެ.