News

ސްޕެނިޝް ލީގު އަވަހަށް ފަށަނީ

22 މާރިޗު 2020






ކޮރޯނާވައިރަސްގެ ސަބަބުން މެދުކަނޑާލި ސްޕެނިޝް ލީގުގެ މެޗުތައް އަވަހަށް ފެށުމަށް ޕްލޭނެއް އެކުލަވާލައިފިއެވެ. 

 

ސްޕެނިޝް ލަލީގާ އިންތިޒާމް ކުރާ އެލްއެފްޕީގެ ރައީސް ހައިވޭ ޓެބާސް ވިދާޅުވީ ސްޕެނިޝް ލީގު ނިންމާލުމަށް ޕްލޭނެއް ހެދިފައިވާ ކަމަށާއި، އެ ޕްލޭނާ އެއްގޮތަށް މެޗުތައް ކުރިޔަށް ގެންދެވިއްޖެ ނަމަ މުބާރާތް ނިންމާލެވޭނެކަމުގެ އުންމީދު ބޮޑު ކަމަށެވެ.

 

 ސްޕެނިޝް ލީގު މެދުކަނޑާލާފައިވަނީ ޔޫރަޕްގައި ހަލުވިކަމާއެކު ކޮރޯނާ ވައިރަސް ފެތުރެން ފެށިފަހުން ސްޕެއިންގެ ފުޓްބޯޅަ އެސޯސިއޭޝަނާއި އެލްއެފްޕީން މަޝްވަރާ ކުރުމަށްފަހުއެވެ.

 

މިހާރު ރާވާފައިވާ ޕްލޭނާއި އެއްގޮތަށް ލީގު ކުރިޔަށް ގެންދާނަމަ ދެން މެޗުތައް ފަށާނީ 23 އޭޕްރީލްގައެވެ. ޓެބާސް ވިދާޅުވީ އެތާރީހުގައި މެޗުތައް ނުފެނުކަމުގައި ވިޔަސް މާބޮޑު މައްސަލަތަކެއް ދިމާނުވެ ލީގު ނިންމާލެވިދާނެ ކަމަށެވެ. 

 

ސްޕެނިޝް ލީގު އަވަހަށް ފެށުމަށް ނިންމާފައިވަނީ ޔުއެފާއާއި އެކު  އެފްއެލްޕީން ބޭއްވި ބައްދަލުވުމަކަށް ފަހުއެވެ. 

 



Leave a Comment:

Comments will be published after moderation.