News

ފެލައިނީ ކޮރޯނާ ވައިރަހަށް ޕޮސިޓިވް ވެއްޖެ

22 މާރިޗު 2020






މެންޗެންޓާ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރ މަައުރޯނޭ ފެލައިނީ ކޮރޯނާ ވައިރަސް (ކޮވިޑް-19) އަށް ޕޮސިޓިވް ވެއްޖެއެވެ. 

 

މިހާރު ޗައިނާގެ ޝަންޑޮން ލުނެން އަށް ކުޅެމުން އަންނަ ފަލައިނީ ކުރި ޓްވީޓެއްގައި ބުނީ ވީ އެންމެ އަަހަކަށް އެނބުރި ކުޅުމަށް އާދެވޭނެ ކަމަށް އުންމީދު ކުރާކަމަށެވެ. 

 

ޗައިނާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ފެލައިނީ ހުރީ ޖިނާން ހޮސްޕިޓަލްގައި އައިސޮލޭޝަންގައެވެ.

 

ފެލައިނީ ޗައިނާއަށް ބަދަލުވީ 2019 ގައެވެ. ޗައިނާއަށް ބަދަލުވުމުގެ ކުރިން އޭނާ ވަނީ 11 ސީޒަންގައި ޔުނައިޓެޑް އާއި އެވަޓަން އަށް ކުޅެފައެވެ.

 

ފެލައިނީ އަކީ ޗައިނީޒް ސުޕަ ލީގުގެ ކުޅުންތެރިންގެ ތެރެއިން ކޮވިޑް-19 އަށް ޕޮސިޓީވްވި ފުރަތަމަ ކުޅުންތެރިޔާއެވެ.

 

ވައިރަހަށް ޕޮސިޓިވް ވުމުގެ ކުރިން މިދިޔަމަހު ފެލައިނީ ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ. ހަބަރުތައް ބުނަ ގޮތުން ފެލައިނީ ކޮވިޑް-19 އަށް ޕޮސިޓިވްވީ އެނބުރި ޗައިނާއަށް ދިޔަފަހުންނެވެ.



Leave a Comment:

Comments will be published after moderation.