News

ކޮވިޑް-19: ރިއަލް މެޑްރިޑްގެ ކުރީގެ ރައީސް ލޮރެންޒޯ މަރުވެއްޖެ

22 މާރިޗު 2020






ރިއަލް މެޑްރިޑްގެ ކުރީގެ ރައީސް ލޮރެންޒޯ ސެންޒް ކޮރޯނާވައިރަސްޖެހިގެން މަރުވެއްޖެއެވެ.

 

އޭނާ މަރުވީ ކޮވިޑް-19 އަށް ޕޮސިޓީވްވެ ހާލުދެރަވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ހޮނިހިރު ދުވަހެވެ. އުމުރުން 76އ ގެ ސެންޒް ހޮސްޕިޓަލްގައި އެޑްމިޓް ކުރީ މިދިޔަ އަންގާރާ ދުވަހެވެ.

 

ސެންޒް އަކީ 1995 އިން ފެށިގެން 2000 ވަނަ އަހަރާ ހަމައަށް ރިއަލް މެޑްރިޑްގެ ރައީސްއެވެ. އޭނާ ވަނީ 1998 އަދި 2000 ވަނަ އަހަރުު ޗެމްޕިއަންސް ލީގު ރިއަލް މެޑްރިޑަށް ކާމިޔާބުކޮށްދީފައެެވެ.

 

ސެންޒް މަރުވި ހަބަރު އޭނާގެ ދަރިފުޅު ލޮރެންޒޯ ސެންޒް ޑުރަން ވަނީ ޓްވިޓާރގައި އާންމުކޮށްފައެވެ. އޭނާ ބުފައިވަނީ ބައްޕަ އަށް މިފަދަ ގޮތަކަށް މަރު ހައްގު ނޫން ކަމަށެވެ. އަދި ބައްޕައަކީ ޑުރަންގެ ހަޔާތުގައި ދުން ވަަރަށް ހިތްވަރު ގަދަ ބުރަމަސައްކަތް ކުރާ މީހެއް ކަމަށެވެ.


ސެންޒްއަށް އެންމެ އިސްކަންދޭނީ އާއިލާއަށާއި ރިއަލްމެޑްރިޑަށް ކަމަށްވެސް އޭނާގެ ދަރިފުޅުގެ ޓްވީޓުގައި ބުނެފައިވެއެވެ.

 



Leave a Comment:

Comments will be published after moderation.