News

ކޮވިޑް-19: އިބްރަހިމޮވިޗް ފަންޑެއް ހުޅުވައިފި

21 މާރިޗު 2020






ކޮރޯނާވައިރަސް އިން ގެއްލުން ލިބުނު އާއިލާތަކަށް އެހީވުމުގެ ގޮތުން މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޒަލަޓާން އިބްރަހިމޮވިޗް ފަންޑެއް ހުޅުވައިފިއެވެ. 

 

އޭސީ މިލާންގެ ސްޓްރައިކާ އިބްރަހިމޮވިޗް ބުނީ އޭނާ ހުޅުވި ފަންޑަން އެއް މިލިއަން ޔޫރޯ ލިބޭނެކަމަށް އުންމީދު ކުރާ ކަަމަށެވެ.

 

އަދި މި ފަންޑަށް ލިބޭ ފައިސާ ހޭދަކުރާނީ ހޮސްޕިޓަލްތަކަށް ބޭނުންވާ ސާމާނު ގަތުމަށާއި އާންމުންނަށް ބޭނުންވާ އެހީތައް ހަމަޖައްސައިދިނުމަށް ކަމަށެވެ. 

 

ކޮވިޑް-19 ޖެހިފައިވާ މީހުންނާއި އާއިލާތަކަށް އެހީވުމަށް ހުޅުވި ފަންޑަށް އިބްރަހިމޮވިޗް ވަނީ އޭނާގެ އަމިއްލަ ޖީބުން އެއްލައްކަ ޔޫރޯ ލާފައެވެ. 

 

މަޝްހޫރު ފުޓްބޯޅަ ތަރިންނާއި މިފަދަ ފަންޑުތައް ހުޅުވަމުންދާއިރު ފީފާއިން ވަނީކޮރޯނާ ވައިރަސްއިިން ސަލާމަތް ވުމަށް ކުރާ މަސައްކަތަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އަށް 10 މިލިއަން ޑޮލަރުގެ އެހީއެއް ދީފައެވެ. 

 

ކޮވިޑް-19ގެ ސަބަބުން ދުނިޔޭގެ ފުޓްބޯޅަ ހުއްޓުމަކަށް އައިސްފައިވާ މިދަނޑިވަޅުގައި ބޮޑެތި ލީގުތަކަށް ކުޅޭ ބައެއް ކުޅުންތެރިންނަށްވެސް ވަނީ މި ބަލި ޖެހިފައެވެ.

 

އިބްރަހިމޮވިޗް އަކީ ޗައިނާގެ އިތުރުން އެންމެ ގިނައިން ކޮރޯނާވައިރަސް ފެތުރެމުން އަންނަ ގައުމު އިޓަލީގައި ކުޅޭ ކުޅުންތެރިއެވެ. ޔޫރަޕްގެ ބޮޑެތި ފުޓްބޯޅަ މުބާރާތްތައް ވަނީ ކޮވިޑް-19 ގެ ސަބަބުން ފަސްކޮށްފައެވެ. 

 



Leave a Comment:

Comments will be published after moderation.