News

އައްސަދުﷲގެ ކަކުލުގެ އޮޕަރޭޝަން ކޮށްފި

21 މާރިޗު 2020






މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްގެ ކެޕްޓަން އައްސަދުﷲ އަބުދުﷲ ކަކުލުގެ އޮޕަރޭޝަނެއް ކޮށްފިއެވެ.

 

ކަނާތު ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާއަށް ފަރުވާ ހޯދުމަށް އައްސަދުﷲގެ ކަކުލުގެ އޮޕަރޭޝަން ކުރީ ބުރާސްފަތިދުވަހުގެ ރޭ އޭޑިކޭ ހޮސްޕިޓަލުގައެވެ. އޭނާއަށް އަނިޔާވީ އޭއެފްސީ ކަޕްގެ ޕްލޭ އޮފްގައި މިދިޔަ މަހު ބެންގަލޫރާއި ދެކޮޅަށް ކުޅެ 2-1 އިން މާޒިޔާ މޮޅުވި މެޗުގައެވެ.

 

އޮޕަރޭޝަނަށްފަހު އައްސަދުﷲއަށް އަލުން ކުޅެން ނިކުމެވޭނީ 6 ނުވަތަ 7 މަސް ފަހުން ކަމަށް މާޒިޔާއިން ބުނެއެވެ. މާޒިޔާގެ ފޭސްބުކު ބޭޖުގައި މިކަން ހާމަކޮށް އެ ކުލަބުން ވަނީ އައްސަދުﷲ އަށް އަވަސް ޝީފާއަކަށް އެދި ވީ އެންމެ އަވަހަކަށް ކުޅެން ނިކުންނާނެ ކަމަށް އުންމީދު ކުރާކަމަށް ބުނެފައެވެ. 

 

އައްސަދުﷲ އަކީ މާޒިޔާގެ ކާމިޔާބީގައި ވަރަށް މުހިންމު ރޯލެއް އަދާކޮށްދީފައިވާ މުހިންމު ކުޅުންތެރިއެކެވެ. އަދި ގައުމީ ޓީމުގެވެސް މުހިންމު މޮޅު ކުޅުންތެރިއެކެވެ. އައްސަދުﷲގެ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން އޭނާއަށް މި ސީޒަނުގެ އެއްވެސް މެޗެއް ނުކުޅެނޭކަމަށް މާޒިޔާއިން ވަނީ ކަށަވަރުކޮށްދީފައެވެ.

 

އައްސަދުﷲ ވަނީ މީގެ ކުރިން އޭނާގެ ވާތު ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާއަކަށްފަހުވެސް އޮޕަރޭޝަނެއް ކޮށްފައެވެ. 

 

އެހެންކަމުން މާޒިޔާއިން ވަނީ އައްސަދުﷲގެ ބަދަލުގައި ކިތުނާ އެޓީމަށް ގެނެސްފައެވެ. 



Leave a Comment:

Comments will be published after moderation.