News

ގްރީން ގްރީން ގްރީން ގްރީން !!

8 ފެބްރުއަރީ 2019






މިރޭ ޔޫތު ޗެމްޕިއަންޝިޕުގައި ކުޅެވުން މެޗުގައި އޭދަފުށި ބޮޑު ތަފާތަކުން ގްރީން ސްޓްރީޓްސްއާ ކުޅެގެން ބަލިވެއްޖެއެވެ.

ފުރަތަމަ މެޗުން ވީބަލި ހަނދާން ނައްތާލާ ދެ ޓީމުންވެސް ނިކުތީ މޮޅުވުމުގެ އަޒުމުގައެވެ. މެޗުގެ ފުރަތަމަ ގޯލް ހީކުރި ގޮތާ ހިލާފަށް ވެގެން ދިޔައީ އޭދަފުށި ޓީމްއަތުން ބައިކޮޅަށް ވަތް ގޯލަކަށެވެ. އެ ގޯސް ރަންގަޅުކޮށް ފަހަތުން އަރާ މޮޅުވުމަށް އޭދަފުށިން ދިޔައީ ފުރަތަމަ ހާފުގައި ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެއަށްވުރެ މޮޅު ކުޅުމެއް ގްރީންއިން ދައްކަމުން ގެންދިޔައެވެ.

ދެވަނަ ހާފުގައި ސަމްޕަތުގެ ހާފްޓައިމް އިރުޝާދުތަކަށްފަހު ގްރީންއިން ނިކުތީ އާ ހިތްވަރަކާއެކު މޮޅު އެޓޭކިން ކުޅުމެށް ކުޅެ ތަފާތު ދައްކާލުމަށެވެ. އެގޮތުން ދެވަނަ ހާފުގެ 53ވަނަ މިޏިޓުގައި އަހްމަދު ބައްސާމް ގްރީންއިން ލަނޑެއް ކާމިޔާބުކުރިއެވެ. އޭގެ ދެ މިނުޓު ފަހުން 55ވަނަ މިނިޓުގައި އަބްދުﷲ ޔާމީން އިތުރު ލަނޑެއް ގްރީންއަށް ކާމިޔާބު ކޮށްދިނެވެ. މެޗުގައި ގަދައަށް ކުޅެމުން ދިޔަ ގްރީންގެ ގޯލް ފޫ އަޅުވާލެވޭވަރު އޭދަފުށްޓަށްވީ މެޗުގެ 73ވަނަ މިނިޓުގައި އަހްމަދު އަބާން އަލީގެ ލަނޑުންނެވެ. ނަމަވެސް ފަހަތުން އަރާ މޮޅުވުމުގެ އުންމީދުތަށް ފުނޑުފުނޑު ކޮށްލީ 77ވަނަ މިނިޓުގައި ގްރީންގެ އަހްމަދު ތޮލާލް ޖަހައިދިން ލަނޑުންނެވެ. 4-1ގެ ނަތީޖާއަކުން ނިމުން މިމެޗުގެ މޭން ޮފ ތހެ މެޗަކީ ގްރީންގެ އަބްދުﷲ ޔާމީނެވެ.

މިނަތީޖާގެ ސަބަބުން ގްރޫޕް ބީ މިހާރުވަނީ އިތުރަށް ފޯރިގަދަވެފައެވެ. ސެމީއަށް ދިއުމުގެ ހަމަހަމައަށް އޮތް ހަތަރު ޓީމް އެ ގްރޫޕުގައި މިހާރު އެބަ ތިއްބެވެ. އެގޮތުން މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ކުޅުން ދެ ޓީމް ކަމަށްވާ އީގަލްސްއާއި ގްރީން ސްޓްރީޓްސް، މާޒިޔާ އަދި ޔުނައިޓެޑް ވިކްޓަރީގެ ނަމުގައި ކުޅެމުން އަންނަ ނިއު ރޭޑިއަންޓްގެ ޓީމެވެ.ވަރަށް ހަނިކޮށް ނަމަވެސް އޭދަފުށްޓަށް ސެމީއަށް ދިއުމުގެ ފުރުސަތު އެބަ އޮތެވެ. އެއީ ދެން އޮތް ހުރިހާ މެޗަކުން މޮޅުވެ ދެން ހުރި ޓީމްތަކުގެ މެޗުތަށް ދާގޮތަކަށް ބަލާފައެވެ. ގްރޫޕް ބީގައި އޭދަފުށި ފިޔަވާ އެހެން ހުރިހާ ޓީމެއްގެ އަތުގައި 3 ޕޮއިންޓް އެބައޮތެވެ.

މިމުބާރާތް މިހާ ކުރީކޮޅުގައި އެހާ ފޯރިގަދަވެގެން ގޮސްފައިވާއިރު މޮޅެތި ޒުވާން ހުނަރުތައް ދަނީ ފެންނަމުންނެވެ. މުބާރާތުގެ 5ވަނަ ދުވަހު ކުޅޭނީ ގްރޫޕް އޭއިން ސެމީއަށް ދާނެ ޓީމެއް އެނގިގެން ގޮސްފާނެ މެޗެކެވެ. އެއީ ޓީސީ އަދި ޑަ ގްރާންޑޭ ވާދަ ކުރާ މެޗެވެ. މިމެޗު ފެށޭނީ މާދަމާރޭ 20:30ގައެވެ. މި ފޯރިގަދަ މެޗު އަދި މުބާރާތުގެ އިތުރު ހަބަރުތައް ބެއްލެވުމަށް ބޯޅަޑޮޓްއެމްވީ ހިޔާރުކުރައްވުން އެދެމެވެ.

Club Eagles Da-GANG Eydhafushi Football Team FAM U-21 Youth Championship Maziya Sports and Recreation Club TC Sports Club Towards Future United Victory

Leave a Comment:

Comments will be published after moderation.