News

އޭއެފްސީ ކަޕްގެ މެޗުތައް ފަސްކޮށްފި

18 މާރިޗު 2020






އޭއެފްސީ ކަޕްގެ މެޗުތައް ފަސްކުރުމަށް އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭފްސީ) އިން ނިންމައިފިއެވެ. 

 

ކުރިން އޭއެފްސީން ސަސްޕެންޑްކޮށްފައިވަނީ ވެސްޓް ޒޯންގެ މިމަހުގެ މެޗުތައް އެކަންޏެވެ. އެހެންނަމަވެސް މިއަދު އޭއެފްސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މާރޗް އަދި އޭޕްރީލްގައި ކުޅުމަށް ރާވާފައިވާ ހުރިހާ މެޗެއް ފަސްކޮށްފައިވާ ކަމަށެވެ. 

 

ހަލުވި ކަމާއެކު ދުނިޔޭގައި ކޮރޯނާވައިރަސް ފެތުރެމުންދާތީ އޭއެފްސީގެ މެޗްތައް ފަސްކުރި އިރު ދެން މެޗުތައް ޝެޑިއުލް ކުރާނީ އޭޕްރީމް މަހަށް ފަހު ކަމަށް އޭއެފްސީން ބުންޏެވެ. 

 

އޭއެފްސީ ކަޕަކީ ރާއްޖޭގެ ދެ ކްލަބަކުންވެސް ވާދަކުރާ މުބާރާތެކެވެ. އެއީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި ޓީސީ ސްޕޯޓްސް ކްލަބެވެ. އޭޕްރީލްގައި މި ދެޓީމުން ކުޅެން ޖެހޭ މެޗްތަކެއްވެސް ޝެޑިއުލްކޮށްފައި އޮތެވެ.

 

އެ ދެ މެޗަކީ މާޒިޔާ އިން ބަނގްލަދޭޝްގެ ބަޝުންދުރަ ކިންސް އާއި ބައްދަލު ކުރާ މެޗާއި، ޓީސީ އާއި ޗެންނާއީ ސިޓީ އެފްސީ ބައްދަލު ކުރާ މެޗެވެ. މި ދެމެޗުވެސް ކުޅެން ހަމަޖެހިފައި އޮތީ ރާއްޖޭގައެވެ.

 

ރާއްޖެއިންވެސް ކޮރޯނާވައިރަސް ފެތުރެމުން އަންނާތީ ކުޅިވަރުގެ ހުރިހާ ހަރަކާތްތަކެއް މިވަގުތު ވަނީ މަޑުޖައްސާލާފާއެވެ. 

 



Leave a Comment:

Comments will be published after moderation.