News

އަންނަ އަހަރަށް ޔޫރޯ ފަސްކޮށްފި

17 މާރިޗު 2020






 ކޮވިޑް 19 ގެ ސަބަބުން ކުރިން ރޭވިފައިވާ ގޮތަށް "ޔޫރޯ2020" ކުރިޔަށް ނުގެންދެވޭނެތީ 2021 އަށް މި މުބާރާތް ފަސްކޮށްފިއެވެ.

 

 މުބާރާތް ފަސްކޮށްފައިވަނީ ޔޫރްޕިއަން ފުޓްބޯލްގެ ބެލެނިވެރި ފަރާތްކަމުގައި ޔުއެފާއިން މިހާރު ބާއްވަމުން އަންނަ އިމަޖެއްސީ ވީޑިއޯ ކޮންފަރެންސެއްގައެވެ.

 

ޔޫރަޕްގެ ފުޓްބޯޅައިގެ މައި ފަރާތްތަކާއެކު ބާއްވާ މި ވީޑިއޯ ކޮންފަރެންސްގައި ނިންމާފައިވަނީ ޔޫރޯ ފަށަން ކުރިން ހަމަޖެހިފައިވާ ތާރީހު ކަމުގައި 11 ޖޫން ގައި ފެށޭނެ ހާލަތެއް މި ވަގުތު ޔޫރަޕްގައި ނެތުމުން 2021 ވަނަ އަހަރުގެ ޖޫން 11 އިން ޖުލައި 11 އަށް ޔޫރޯ ބާއްވާށެވެ. 

 

އަންނަ އަހަރަށް ޔޫރޯ ފަސްކުރުމުގެ ސަބަބުން ޔޫރަޕްގައި ސަސްޕެންޑް ކޮށްފައިވާ ލީގުތައް ނިންމުމަށް އިތުރު ވަގުތު ލިބިގެންދާނެއެވެ. 

 

ޔުއެފާ ނޭޝަންސް ލީގާއި ޔޫރަޕިއަން އަންޑާ 21 ޗެމްޕިއަންޝިޕްވެސް ބާއްވަން ހަމަޖެހިފައިވަނީ އަންނަ ހޫނު މޫސުމުގައެވެ. "2021 ޔުއެފާ ވުމެންސް ޔޫރަޕިއަން ޗެމްޕިއަންޝިޕް" ފެށުމަށް ހަމަޖައްސާފައިވަނީ ޖުލައި 7 ގައި އިންގްލޭންޑްގައެވެ. 



Leave a Comment:

Comments will be published after moderation.