News

ވެލެންސިއާގެ 9 ކުޅުންތެރިން ކޮވިޑް-19 އަށް ޕޮސިޓިވް

17 މާރިޗު 2020






ސްޕެއިންގެ ފުޓްބޯޅަ ޓީމެއްކަމުގައިވާ، ވެލެންސިއާގެ 9 ކުޅުންތެރިން ކޮރޯނާ ވައިރަސް (ކޮވިޑް-19) އަށް ޕޮސިޓިވްވެފައިވާ ކަމަށް އެ ޓީމުން ބުނެފިއެވެ.

 

އެންމެ ފުރަތަމަ ވައިރަސްއަށް ޕޮސިޓިވްވި ކުޅުންތެރިއަކީ އެޒެކިއުލް ގަރާއީއެވެ. އޭގެ ފަހުން ޕޮސިޓީވް ވީ އެލިއަކުއިމް މަންގަލައެވެ.

 

އަދި އާދިއްތަދުވަހު ވެލެންސިއާގެ ހޯސޭ ގާޔާވެސް ވަނީ އޭނާއަށް ކޮވިޑް-19 ޖެހިފައިވާކަން ހާމަކޮށްފައެވެ. 

 

ވެލެންސިއާއިން ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އިޓަލީގެ މިލާނަށް ދަތުރުކޮށްފައެވެ. ވެލެންސިއާއިން އެންމެފަހުން ކުޅެފައިވަނީ މިދިޔަ ހަފްތާގައި އިޓަލީގެ އެޓަލާންޓާ އެކު ޗެމްޕިއަންސް ލީގުގެ މެޗެކެވެ. އެމެޗް ކުޅެފައިވަނީ ސަޕޯޓަރުން ނުވައްދައެވެ.

 

ސްޕެއިން އާއި އިޓަލީގައިވެސް ހަލުވިކަމާއެކު ކޮރޯނާވައިރަސް ފެތުރެމުންދާތީ ދެގައުމުން ވެސް ވަނީ ފުޓްބޯޅަ މެޗުތައް މެދުކަނޑާލާފައެވެ. ސްޕެނިޝް ލަ ލީގާވެސް މެދު ކަނޑާލާފައިވާއިރު ވެލެންސިއާއިން ބުނެފައިވަނީ އެޓީމުގެ ހުރިހާ ކުޅުންތެރިންނާއި ސްޓާފުން މިވަގުތު ތިބީ އައިސޮލޭޝަންގައި ކަމަށެވެ. 

 



Leave a Comment:

Comments will be published after moderation.