News

ސްޕެއިންގެ ޒުވާން ކޯޗަކަށް ކޮވިޑް ޖެހިގެން މަރުވެއްޖެ

17 މާރިޗު 2020






ސްޕެއިންގެ ފުޓްބޯޅަ ޓީމެއްގެ ކޯޗު، އުމުރުން 21 އަހަރުގެ ފްރެންސިސްކޯ ގާސިއާ އަށް ކޮވިޑް-19 ޖެހިގެން މަރުވެއްޖެއެވެ. 

 

ސްޕެއިންގެ މަލާގާގެ ޒުވާން ޓީމެއްކަމުގައިވާ އެތްލެޓިކޯ ޕޯޓާޑާ އަލްޓާ އަށް ކޯޗުކޮށްދޭ ފްރެންސިސްކޯ ގާސިއާ ކޮވިޑް-19 ޖެހިގެން މަރުވި އިރު އޭނާއަށް ވަނީ ކެންސަރުވެސް ޖެހިފައެވެ. އެހެންނަމަވެސް އޭނާއަށް ކެންސަރު ޖެހިފައިވާކަން އެނގުނީ ކޮވިޑް-19 ގެ އަލާމާތްތައް ފެނިގެން ހޮސްޕިޓަލަށް ދިޔަފަހުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

 

ސްޕެއިންގެ ނޫސްތަކުން ބުނާ ގޮތުގައި ގާސިއާއަށް ހޮސްޕިޓަލަށް ދިޔައީ ނޭވާލާން އުނދަގޫވުމުގެ ސަބަބުންނެވެ. އިތުރު ޓެސްޓްތައް ހެދުމުން ގާސިއާއަށް ކެންސަރުގެ ވައްތަރެއް ކަމުގައިވާ ލުކީމިއާ ޖެހިފައިވާކަން އެނގުނެވެ. 

 

ސްޕެއިން އިން ކޮވިޑް ޖެހިގެން މަރުވި އެންމެ ހަގު އުމުރުގެ މީހަކީ ގާސިއާ ކަމަށްވުން އެކަށީގެންވެއެވެ. 

 

ކޮވިޑް-19 ޖެހުމުގެ ސަބަބުން ގާސިއާގެ ސިއްހީ ހާލަތު ވަރަށް ގޯސްވިކަމަށް ރިޕޯޓްތައް ބުނެއެވެ.

 

އެ ކޯޗު ކޮވިޑް-19 ޖެހިގެން މަރުވިއިރު ސްޕޭންގެ ވެލެންސިޔާއަށް ކުޅޭ ފަސް ކުޅުންތެރިއަކަށްވެސް ވަނީ މިބަލި ޖެހިފައެވެ. ސްޕެއިން އިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 342 އަށް އަރާފައެވެ.

 

ސްޕެއިން އިން ކޮރޯނާ ވައިރަހަށް ޕޮސިޓްވެފައިވާ މީހުންގެ އަދަދު ވަނީ 9942 އަށް އަރާފައެވެ. ބަލިން ފަސޭހަވި މީހުންގެ އަދަދަކީ 530 އެވެ. 

 



Leave a Comment:

Comments will be published after moderation.