News

ޔުނައިޓެޑުން މާޒިޔާ ސިއްސުވާލައިފި

8 ފެބްރުއަރީ 2019






މާޒިޔާ ބަލިކުރުމަށްފަހު ޔުނައިޓެޑް ވިކްޓަރީއިން 3 ޕޮއިންޓް ހަވީރު ކުޅުން މެޗުން ހޯދައިފިއެވެ.

މުބާރާތުގެ 4ވަނަ ދުވަހުގެ ފުރަތަމަ މެޗުގައި ވާދަކުރި މި ދެ ޓީމަށް ބަލާލާއިރު މާޒިޔާ ވަނީ އެ ޓީމް ކުޅުން ފުރަތަމަ މެޗުގައި މިދިޔަ އަހަރުގެ ޗެމްޕިއަން ގްރީން ސްޓްރީޓްސް ބަލިކޮށްފައެވެ. މިމެޗާ އެ ޓީމް ކުރިމަތިލީ އެ މޮޅުން ލިބުނު ހިތްވަރާއެކު އަނެއްކާވެސް ތިން ޕޮއިންޓް ހޯދުމުގެ އަޒުމުގައެވެ. ޔުނައިޓެޑަށް ބަލާއިރު މުބާރާތުގެ ކުރިން އެ ޓީމުގެ ނަމުގައި ކުޅޭ ހަޤީޤީ ނިއުގެ ކުޅުންތެރިންނަށް ދިމާވި ގޮންޖެހުންތައް ހަނދާން ނައްތާލާ މޮޅުވާން އެ ޓީމް ތިބީ ކެތްމަދުވެފައެވެ.

މެޗުގެ ފުރަތަމަ ގޯލް ޖަހައިދިނީ 32ވަނަ މިނިޓުގައި ޔުނައިޓެޑުގެ އަހްމަދު ހާމީ ނަޖާހްއެވެ. އެއަށްފަހު ދެޓީމްވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މާޒިޔާ ދިޔައީ އެންމެ ކުޑަމިނުން މެޗު އެއްވަރު ކޮށްގެން ޕޮއިންޓެއްވެސް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެ މަސައްކަތްތަކަށް ހުރަސް އެޅީ އެ މެޗުގެ މޭން އޮފް ދަ މެޗު ހޯދި ޔޫސުފް ޖައިޝަމް ނާފިޒް 64ވަނަ މިނިޓުގައި ޖަހައިދިން ލަނޑުންނެވެ. މާޒިޔާއަށް ޔުނައިޓެޑުގެ ކުޅުމަށް އެދެވޭ ވަރުގެ ޖަވާބެއް ދެވޭވަރުވީ ފަހު ހާފުގެ އިތުރު ވަގުތުގެ ތެރޭ ޔާމިން އަލީ ޖަހައިދިން ލަނޑުންނެވެ.

ފަސް ޓީމް ހިމެނޭ ގްރޫޕް ބީގެ މެޗުތަށް މިނަތީޖާގެ ސަބަބުން އިތުރަށް ފޯރިގަދަ ވެގެންދާނެއެވެ. ސެމީއަށް ދިއުމަށް ކޮންމެ ޓީމެއްވެސް ކުރަން ޖެހޭ މަސައްކަތް އިތުރު ވެގެންދާނެއެވެ.

FAM U-21 Youth Championship Maziya Sports and Recreation Club New Radiant Sports Club Towards Future United Victory

Leave a Comment:

Comments will be published after moderation.