News
އިޓަލީގެ އެޓަލާންޓާގެ ކުޅުންތެރިންނާ އޮފިޝަލުން ކަރަންޓީނުކޮށްފި
16 މާރިޗު 2020
ޗެމްޕިއަންސް ލީގުގައި މިދިޔަ ހަފްތާގައި ސްޕެއިންގެ ވެލެންސިއާ އާއި ދެކޮޅަށް ކުޅުނު އިޓަލީގެ އެޓަލާންޓާގެ ކުޅުންތެރިންނާއި އެ ޓީމްގެ އޮފިޝަލުން ކަރަންޓީނުކޮށްފިއެވެ.
އެޓަލާންޓާގެ ކުޅުންތެރިން ކަރަންޓީނު ކުރީ ވެލެންސިއާގެ ތިން ކުޅުންތެރިންނާއި ދެ އޮފިޝަލަކު ކޮރޯނާ ވައިރަހަށް ޕޮސިޓިވްވެފައިވާތީ އެވެ.
އެޓަލާންޓާ އަކީ ކޮވިޑް-19 އިޓަލީގައި އެންމެ ހަލުވިކަމާއެކު ފެތުރެމުން އަންނަ ސަރަހައްދަކަށް ނިސްބަތްވާ ކްލަބެކެވެ.
ސްޕެއިންއަށް ދިއުމާއި ގުޅިގެން އެޓަލާންޓާއަށް ކަރަންޓީނުވެގެން ތިބެންޖެހިފައިވާއިރު އިޓާލިއަން ލީގުގެ 11 ކުޅުންތެރިއަކަށްވަނީ ކޮވިޑް-19 ޖެހިފައެވެ،.
އެގެތެރޭގައި ޔުވެންޓަސްގެ ރުގާނީ އާއި ފިއޮރެންޓީނާގެ ކުޓްރޯނޭ ވެސް ހިމެނެއެވެ.
ވެލެންސިޔާއިން ކޮވިޑް-19 އަށް ޕޮސިޓީވް ވީ ތިން ކުޅުންތެރިންނަކީ އެޒްކިއަލް ގަރާއީ އާއި ހޯސޭ ގާޔާ އާއި އެލިއަކުއިން މަންގާލާ އެވެ.