News

އެފްއޭއެމްގެ ކޮންގްރެސް މިމަހުގެ 20 ގައި

16 މާރިޗު 2020






ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކޮންގްރެސް މިމަހުގެ 20 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

 

އެޕްއޭއެމުން ކޮންގްރެސް ބާއްވާނެ ތާރީހު އިއުލާނުކޮށްފައިވާ މިދަނޑިވަޅަކީ ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ އެންގުމަށް ތަބާވުމުގެ ގޮތުން ފުޓުބޯޅައިގެ ހުރިހާ ހަރަކާތެއް ހުއްޓާލާ ދަނޑުތައްވެސް ބަންދުކޮށްފައިވާ ދުވަސްވަރެކެވެ. އަދި ގިނައިން މީހުން އެއްވެ އުޅޭ ހަރަކާތްތައް ނުހިންގުމަށް އަންގާފައިވާ ދުވަސްވަރެކެވެ. 

 

ރާއްޖޭގައި 30 ދުވަހުގެ މުއްދަތަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލާތު އިއުލާނުކޮށްފައިވާ މިދަނޑިވަޅުގައި އެފްއޭއެމްގެ ކޮންގްރެސް ބާއްވަން ނިންމާފައިވަނީ ފީފާއިން ދީފައިވާ މުއްދަތުގެ ތެރޭގައި އެކަން ފުރިހަމަ ކުރުމަށެވެ. 

 

ކޮވިޑް-19ގެ ނުރައްކާތެރިކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި އެފްއޭއެމްގެ ކޮންގްރެސް ނުބޭއްވުމަށް ފީފާއިން އަދި ލަފާދީފައެއް ނުވެއެވެ. އެހެންކަމުން ޝެޑިއުލްކުރެވިފައިވާ ގޮތަށް މިމަހުގެ 20 ގައި ކޮންގްރެސް ބާއްވާނެ ކަމަށް އަންގާ އެފްއޭއެމްއިން ކޮށްފައިވާ އިއުލާނަށް ބަދަލެއް އަންނާނެ ކަމަކަށް ނުބެލެވެއެވެ. 

 



Leave a Comment:

Comments will be published after moderation.