News
ކޮވިޑް 19 ގެ ސަބަބުން ޔޫރޯ ލަސްކުރަން ހުށަހަޅަނީ
16 މާރިޗު 2020
އިޓާލިއަން ލީގު މެދު ކަނޑާލާފައިވާތީ ޔޫރޯ ފަސްކޮށްދިނުމަށް ގޮވާލާ ކަމަށާއި އެގޮތަށް ހުށަހާނެ ކަމަށް އިޓަލީގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެފިއެވެ.
ކޮވިޑް-19 ހަލުވިކަމާއެކު ޔޫރަޕްގައި ފެތުރެމުން އަންނައިރު އިޓަލީ އަކީ ޔޫރަޕުން އެންމެ ގިނަ އަދަދަކަށް ކޮވިޑް-19 ގެ ކޭސްތައް ފެނިފައިވާ އެއްގައުމެވެ. އިޓާލިއަން ލީގު މެދުކަނޑާލީ މި ބަލިމަުކަން އެގައުމުގައި ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.
ޖޫން އަދި ޖުލައިގައި ޔޫރޯ ފުޓްބޯޅަ މުބާރާތް ކުޅުމަށް ހަމަޖެހިފައިވާއިރު އިޓާލިއަން ފުޓްބޯލް އެސޯސިއޭޝަންގެ ރައީސް ގެބްރިއަލް ގަރަވީނާ ވިދާޅުވީ އަންނަ އަންގާރަ ދުވަހު ޔުއެފާއިިން ބާއްވާ ކުއްލި ބައްދަލުވުމަށް މި މައްސަލަ ހުށަހަޅުއްވާނެ ކަމަށެވެ.
އަދި މިވަގުތު ހުރިހާ ގައުމަކަށްވެސް އެންމެ ރަނގަޅުވާނީ ޔޫރޯ ފަސްކޮށްގެން ކަމަށެވެ.
ޔޫރަޕްގައި ހަލުވިކަލާއެކު ކޮރޯނާވައިރަސް ފެތުރެމުންދާތީ އެސަރަހައްދުގެ ގިނަ މުބާރާތްތައް ވަނީ މެދުކަނޑާލާފައެވެ. އޭގެތެރޭގައި އިނސިރޭސި ޕްރިމިއާ ލީގާއި ޔުރޮޕާ ލީޕް އަދި ޗެމްޕިއަންސް ލީގްވެސް ހިމެނެއެވެ.