News

އޭއެފްސީ ރޭންކިންގައި ރާއްޖެ އެއްދަރަޖަ ކުރިޔަށް

15 މާރިޗު 2020






އޭއެފްސީ ކްލަބް ކޮމްޕެޓިޝަންސް ރޭންކިންގައި ދިވެހިރާއްޖެ އެއްދަރަޖަ ކުރިޔަށް ޖެހިލައިފި އެވެ. 

 

އޭއެފްސީ އެންމެފަހުން އާއްމުކޮށްފައިވާ ރޭންކިން ލިސްޓުގައި ރާއްޖެ އޮތީ 28 ވަނައިގައެވެ. މީގެ ކުރިން ރާއްޖެ އޮތީ 27 ވަނައިގައެވެ. 

 

އޭއެފްސީ ކްލަބް ކޮމްޕެޓިޝަންސް ރޭންކިންގައި ރާއްޖެއަށް ކުރިއެރުމެއް ލިބުނީ އޭއެފްސީި ކަޕް 2020 ގެ ޕްލޭ އޮފްސްގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުން ދައްކާފައިވާ މޮޅު ކުޅުމުގެ ސަބަބުންނެވެ.

 

އޭއެފްސީ ކްލަބް  ކޮމްޕެޓީޝަންސް ރޭންކިންސްގެ އެއްވަނައިގައި އޮތީ ޖަޕާނެވެ. ދެވަނައިގައި އޮތީ ސައުދީ އަރަބިއްޔާ އެވެ. ތިންވަނަގައި އޮތީ ޗައިނާ އެވެ.

 

އޭއެފްސީ ކަޕްގައި މިއަހަރު ރާއްޖެއިން ވާދަކުރަނީ ދެ ކުލަބެކެވެ. އެއީ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާއާއި ޓީސީ ސްޕޯޓްސް ކްލަބެވެ.  .



Leave a Comment:

Comments will be published after moderation.