News

ބެޑްމިންޓަން އެސޯސިއޭޝަންގެ ހަރަކާތްތައް މެދުކަނޑާލައިފި

15 މާރިޗު 2020






ކޮވިޑް-19 އާއި ގުޅިގެން ބެޑްމިންޓަން އެސޯސިއޭޝަންގެ ހުރިހާ ހަރަކާތްތައް މެދުކަނޑާލައިފިއެވެ.

 

ހޮނިހިރު ދުވަހު އެސޯސިއޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެއިން ކޮވިޑް-19 ފެނިފައިވާތީ މި ވައިރަހުން ރައްކާތެރިވުމުގެ ފިޔަވަޅުތައް ސަރުކާރުން އަޅުއްވަމުންދާތީ އެކަމަށް އެސޯސިއޭޝަނުގެ ފުރިހަމަ އެއްބާރުލުންދިނުމުގެ ގޮތުން އެސޯސިއޭޝަންގެ ހަރަކާތްތައް ހުއްޓާލާފައިވާ ކަމަށެވެ. 

 

އެގޮތުން ގައުމީ ސްކޮޑްގެ ފަރިތަކުރުންތަކާއި، ބެޑްމިންޓަން އެސޯސިއޭޝަނުން މާލެއާއި އަތޮޅުތެރޭގައި ހިންގާ ވައިޑީޕީ ހަރަކާތްތައްވެސް ހުއްޓާލާފައިވާ ކަމަށެވެ. އަތޮޅުތެރޭގައި އެސޯސިއޭޝަންގެ ހަރަކާތްތައް ހިންގަމުންދިޔައީ  ހދ، ނ، ބ އަދި އައްޑޫ ސިޓީގައެވެ.



Leave a Comment:

Comments will be published after moderation.