News

ކޮވިޑް-19 އާއި ގުޅިިގެން ރޮނާލްޑޯގެ އިލްތިމާސް

14 މާރިޗު 2020






ކޮރޯނާ ވައިރަސް (ކޮވިޑް-19 ) ގެ ބަލިމަޑުކަން މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މި ދަނޑިވަޅަކީ ދަތި ހާލަތެއް ކަމަށާއި މިކަމުން އަރައިގަތުމަށް އެއްމެން އެކުގައި މަސައްކަތް ކުރުމަށް ޕޯޗުގަލްގެ ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އިލްތިމާސް ކޮށްފިއެވެ. 

 

ރޮނާލްޑޯ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މިވަގުތު ހުރިހާ ފަރާތްތަކުންވެސް ވޯލްޑް ހެލްތް އޮގަނައިޒޭޝަންގެ އިރުޝާދާއި އެއްގޮތަށް އަމަލުކުރުން ބުއްދިވެރިކަމަށް ބުނެފައެވެ. އަދި މި ވާހަކަތައް އޭނާ ދައްކަނީ ފުޓްބޯޅަ ކުޅުންތެރިއެއްގެ ހައިސިއްޔަތުން ނޫން ކަމަށާއި، ދަރިޔެއް ބައްޕައެއް އަދި އިންސާނެއްގެ ހައިސިއްޔަތުން ކަމަށްވެސް އޭނާ ބުނެފައިވެއެވެ. 

 

އޭނާގެ ޓްވީޓްގައި އިތުރަށް ބުނެފައިވަނީ އިންސާނެއްގެ ފުރާނައަށްވުރެ މުހިންމު އެއްޗެއް ނޯންނާނެ ކަމަށާއި، ކޮރޯނާ ވައިސް ޖެހިގެން މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ކިޔަން ބޭނުން ކަމަށެވެ. 

 

އެންމެން އެކުގައި މަސައްކަތްކޮށް މިހާލަތުން އަރައިގަތުމަށް މަސައްކަތް ކުރުަމށް ރޮނާލްޑޯ ގޮވާލާފައިމިވަނީ އޭނާއާއި އެކު ކުޅުނު ބައެއް ކުޅުންތެރިންވެސް ކޮވިޑް-19 އަށް ޕޮސިޓިވް ވެފައިވަނިކޮށެވެ. އެގޮތުން ފާހަގަ ކުރެވޭ އެއް ކުޅުންތެރިއަކީ ޔުވެންޓަސްގެ ޑިފެންޑަރ ޑެނިއަލް ރުގާނީއެވެ. 

 

 



Leave a Comment:

Comments will be published after moderation.