News
އޮލިމްޕިކްސް ފަސްކުރާކަށް ނުނިންމާ
14 މާރިޗު 2020
ޖުލައިގައި ބާއްވަން ނިިންމާފައިވާ އޮލިމްޕިކް ގޭމްސް ޕްލޭނާއި އެއްގޮތަށް ކުރިޔަށް ގެންދިއުމަށް އިންތިޒާމް ކުރާ ފަރާތްތަކުން ނިންމައިފައިވާކަމަށް "ޓޯކިޔޯ 2020 އޮލިމްޕިކްސް" ގެ ޗީފް ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނަ މި ދަނޑިވަޅުގައި "ޓޯކިޔޯ 2020 އޮލިމްޕިކްސް" ގެ ޗީޕް ޔޮޝިރޯ މޮރީ ވިދާޅުވީ އޭނާގެ ޓީމުން ޕްލޭނަށް އެއްވެސް ބަދަލެއް ގެންނައުމަށް ނުވިސްވާ ކަމަށެވެ. އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ވެސް މިއަހަރުގެ ގޭމްސް ފަސްކުރާކަށް ނުނިންމައެވެ.
އައިއޯސީން ބާރުއަޅަމުންދަނީ އޮލިމްޕިކް ގޭމްސް ފެށެން 4 މަސް ކުރިޔަށް އޮތުމާއި އެކު ތާވަލާ އެއްގޮތަށް ގޭމްސް ކުރިޔަށް ގެންދިއުމަށެވެ.
އޮލިމްޕިކްސް ހަރަކާތްތައް ފެއްޓުމުގެ ކުރިން މިދިޔަ ބުރާސްފަތި ދުވަހު ގްރީސްގައި ވަނީ އޮލިމްޕިކްސް ޓޯޗް ދިއްލާލާފައެވެ. ދެން އޮންނާނީ މިއަހަރުގެ އޮލިމްޕިކްސް ބާއްވާ ޖަޕާނަށް ޓޯޗް ހަވާލުކުރުމުގެ ކުރިން އެ ޓޯޗް 8 ދުވަހުގެ ތެރޭގައި ގްރީސްގެ 37 ސިޓީ އަށް ގެންދިއުމެވެ.
ޖުލައި 24 ގައި އޮލިމްޕިކް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގެ ކުރިން 121 ދުވަހުގެ ތެރޭގައި ކަނޑައެޅިފައިވާ 47 ތަނަކަށް ޓޯޗު ގެންދާނެއެވެ.