News

ޓީސީ މޮޅުވިޔަނުދީ ވިކްޓަރީ ހިފަހައްޓާލައިފި

7 ފެބްރުއަރީ 2019






ޓީސީ މޮޅުވިޔަ ނުދީ ވިކްޓަރީ ހިފަހަށްޓާލައިފިއެވެ.

މުބާރާތުގެ 3 ވަނަ ދުވަހުގެ ރޭ ކުޅެވުން މިމެޗު ނިމިގެން ދިޔައީ 1-1ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ލަނޑު ޓީސީއަށް ޖަހައިދިނީ 22ވަނަ މިނިޓުގައި އަހްމަދު މުހައްމަދެވެ. ނަމަވެސް ދެވަނަ ހާފު އާ ހިތަވަރަކާއެކުފަށާ 64ވަނަ މިނިޓުގައި އަހްމަދު ޒައުލް ނާޒިމްގެ ލަނޑާއެކު ވިކްޓަރީ އެއްވަރު ކުރިއެވެ. މިނަތީޖާއިން މެޗު ނިމުނީ ދެ ޓީމުވެސް މޮޅު ކުޅުމެއް ދެއްކުމަށްފަހުގައެވެ. މެޗުގެ މޭން ޮފ ދަ މެޗަށް ހޮވިފައިވަނީ ޓީސީގެ 5 ނަމްބަރު މުހައްމަދު ޔަޒްދާން ހުސައިންއެވެ.

މި މެޗުއެއްވަރުވުމުމާ ގުޅިގެން ގްރޫޕް އޭ ވަރަށް ފޯރިގަދަވާނެ ކަމަށް ބެލެވެއެވެ. ހަވީރު ކުޅެވުން މެޗުން ބަލިވެ ފޯކައިދޫ ކެޓުމުން މިހާރު ގްރޫޕްގެ އެއްވަނައިގައި އޮތީ 4 ޕޮއިންޓާއެކު ޑަ ގްރާންޑޭއެވެ. ދެވަނައިގައިވެސް 4 ޕޮއިންޓާއެކު ޑަ ގްރާންޑޭއަށްވުރެ އެއްގޯލް މަދުން ޖަހައިގެން އޮތީ ޓީސީއެވެ. ތިންވަނައިގައި އަދިވެސް ސެމީއަށް ދިއުމުގެ ފުރުސަތާއި ދެ ޕޮއިންޓާއެކު އޮތީ ވިކްޓަރީއެވެ. ފުލުގައި ސުން ޕޮއިންޓާއެކު މުބާރާތުން ކަޓާފައިވާ ފޯކައިދޫއެވެ. އެހެންކަމުން ގްރޫޕް އޭގެ މެޗުތަށް ދެން ކުޅެވޭ ދުވަސްތައް (މުބާރާތުގެ 5ވަނަ އަދި 7ވަނަ ދުވަސް) ވެގެންދާނީ ފޯރިގަދަ މެޗުތަކެއް ފެނިގެންދާނެ ދުވަސްތަކަށެވެ. އެގޮތުން ހުކުރު ދުވަހު ޓީސީ އަދި ޑަ ގްރާންޑޭ ބައްދަލު ކުރާމެޗުން ކޮންމެވެސް އެއްޓީމެއް މޮޅުވެއްޖެނަމަ އާދީއްތަ ދުވަހު ވިކްޓަރީ އަދި ފޯކައިދޫ ކުޅޭ މެޗުން މޮޅުވެގެން ޓީސީ އަދި ޑަ ގްރާންޑޭ މެޗުން މޮޅުވާ ޓީމާއެކު ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު ވިކްޓަރީއަށް އޮންނާނެއެވެ. ނަމަވެސް ޓީސީއާއި ޑަ ގްރާންޑޭގެ މެޗު އެއްވަރުވެ، ވިކްޓަރީއާއި ފޯކައިދޫގެ މެޗުން ވިކްޓަރީ މޮޅުވެއްޖެނަމަ ދެން އެ ގްރޫޕްގައި ސެމީއަށް ޓީމްތަށް ދާނީ ގޯލްގެ ތަފާތަށް ބެލުމަށްފަހުގައެވެ.

މުބާރާތުގެ މިހާ ކުރީކޮޅު މިހާ ފޯރިގަދަވެފައިވާކަމަކީ އުފާކުރުން ހައްޤު ކަމެކެވެ. ސަބަބަކީ ބައްޔޭ ކިޔޭވަރު ޓީމެއް މުބާރާތުގައި ނެތްކަން މި ފޯރިން ހާމަ ކޮށްދޭތީއެވެ. ޤައުމީ ކޯޗްދަނީ ޤައުމީ 23 އަހަރުން ދަށުގެ ޓީމަށް ނަގާނެ ރަނގަޅު ކުޅުންތެރިން މިމުބާރާތުން ހޯދަމުންނެވެ.

Da-GANG FAM U-21 Youth Championship Foakaidhoo Sports Club TC Sports Club Towards Future Victory Sports Club

Leave a Comment:

Comments will be published after moderation.