News

އޭއެފްސީން ހޮވާ ހަފްތާގެ މޮޅު ގޯލު ފޭދޫ އިއްބެ އަށް

13 މާރިޗު 2020






އޭއެފްސީން ހޮވާ "ގޯލް އޮފް ދަ ވީކް" މި ހަފްތާގައި ކާމިޔާބު ކުރީ ދިިވެހިރާއްޖޭގެ ކުޅުންތެރިޔާ މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކްލަބްގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ކަމަށް އޭއެފްސީ ޑޮޓް ކޮމް އިން އިއުލާނު ކޮށްފިއެވެ. 

 

އޭއެފްސީކަޕް 2020 ގެ ހަފްތާގެ މޮޅު ގޯލް ހޮވަނީ ކޮންމެ ހަފްތާއެއްގައިވެސް ނަގާ އޮންލައިން ވޯޓަކުންނެވެ.

 

މި ހަފްތާގެ އޮންލައިން ވޯޓިންގެ ނަތީޖާއިން ހަފްތާގެ މޮޅު ގޯލު ޖެހި ކުޅުންތެރިޔަކަށް ފޭދޫ އިއްބެ ހޮވުނީ 81 އިންސައްތަ ވޯޓުންނެވެ. ފޭދޫ އިއްބެގެ ގޯލު ހަފްތާގެ މޮޅު ގޯލަށް ހޮވުނު އިރު އެ ގޯލަކީ ޗެންނާއީ އާއި މާޒިޔާ އެއްވަރުވި މެޗުގެ 67 ވަނަ މިނިޓްގައި އޭނާ ޖެހި ގޯލެވެ. 

 

އޭއެފްސީގެ އޮފިޝަލް ވެބްސައިޓް މެދުވެރިކޮށް ނަގާ މި ވޯޓުގައި މި ހަފްތާގައި ފޭދޫ އިއްބެ އާއި ވާދަކުރީ ބަރުމާގެ ކުޅުންތެރިއަކާއި ކެމަރޫންގެ ކުޅުންތެރިއަކާއި ތަޖަކިސްޓާނުގެ ކުޅުންތެރިއެވެ. މި ހަފްތާގެ މޮޅު ގޯލު ހޮވުމަށް ނެގި ވޯޓުގައި ޖުމްލަ 10306 މީހުން ބައިވެރިވެފައިވެއެވެ.  



Leave a Comment:

Comments will be published after moderation.