News
ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގް ފަސްކޮށްފި
13 މާރިޗު 2020
ޔޫރަފްގައިވެސް ހަލުވިކަމާއެކު ކޮރޯނާ ވައިރަސް ފެތުރެމުންދާތީ ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގް ފަސްކޮށްފިއެވެ.
ކޮރޯނާ ވައިރަސް ފެތުރެމުންދާތީ ޔުއެފާއިން ވަނީ ހުރިހާ މުބާރާތްތަކެއް ފަސްކޮށްފައެވެ.
ޗެމްޕިއަންސް ލީގުގެ މެންޗެސްޓާ ސިޓީ އާއި ރިއަލް މެޑްރިޑް ބައްދަލުކުރާ މެޗާއި، ޔުވެންޓަސް އާއި ލިޔޯންގެ މެޗާއި، ބާސެލޯނާއާއި ނަޕޯލީގެ މެޗު އަދި ބެޔާން މިއުނިކާއި ޗެލްސީ ބައްދަލުކުރުމަށް ހަމަޖެހިފައިވާ މެޗުތައްވެސް ވަނީ ފަސްކޮށްފައެވެ.
އަދި މިމަހުގެ 17 އާއި 18 ގައި ކުޅުމަށް ހަމަޖެހިފައިވާ ޔުއެފާ ޔޫތް ލީގްގެ ކުއާޓާ ފައިނަލްގެ މެޗުތައްވެސް ވަނީ ކެންސަލް ކޮށްފައެވެ. ޔުއެފާއިން ބުނީ މި މެޗުތައް ބާއްވާނެ ތާރީހެއް ފަހުން ކަނޑައަޅާނެ ކަމަށެވެ.
ކޮރޯނާވައިރަސްގެ ނުރައްކާ މުޅި ދުނިޔެއަށް ފޯރާފައިވާއިރު މިވައިރަސްއަށް ޕޮސިޓިވްވެފައިވާ މީހުންގެ އަދަދުވަނީ 140،049 އަށް އަރާފައެވެ. ދުނިޔޭގެ 118 ގައުމަކަށް މިބަލި
ފެތުރިފާއިވާއިރު މިބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 5،123 އަށް އަރާފައެވެ. 70،733 މީހުން ރަނގަޅުވެފައިވާ ކަމަށް އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.