News
ޗެންނާއީ ސިޓީ އާއި މާޒިޔާގެ މެޗުން ދެޓީމް އެއްވަރުވެއްޖެ
11 މާރިޗު 2020
އޭއެފްސީ ކަޕްގެ ގްރޫޕް އީގައި މިރޭ އިންޑިއާގެ ޗެންނާއީ ސިޓީ އެފްސީ އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލު ކުރި މެޗު 2-2 ގެ ނަތީޖާއިކުން އެއްވަރު ވެއްޖެއެވެ.
ޗެންނާއީގެ ޖަވާހިރުލާލް ނެހްރޫ ސްޓޭޑިއަމްގައި ކުޅުނު ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލީޑް ނެގީ ޗެންނާއީ ސިޓީ އެފްސީންނެވެ. އެއީ މެޗުގެ 11 ވަނަ މިނިޓްގައި އަޑޮލްޕޯ މިރަންޑާ ކާމިޔާބުކޮށްދިން ގޯލަކުންނެވެ.
މާޒިޔާގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ 64 ވަނަ މިނިޓްގައި މާޒިޔާގެ ކެޕްޓަން މުހައްމަދު އިރުފާން (އިރޭ) އެވެ. މާޒިޔާއިން ވަނީ އޭގެ ތިން މިނިޓްފަހުން މެޗުގެ ލީޑް ނަގާފައެވެ. މާޒިޔާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 67 ވަނަ މިނިޓްގައި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ.
މާޒިޔާއިން ރަނގަޅޫ ކުޅުމެއް ދެއްކި މިމެޗު ނިމެން ވަރށް ގާތްވެފައިވަނިކޮށް އަނެއްކާވެސް ޗެންނާއީ ސިޓީގެ އަޑޮލްފޯ މިރާން ވަނީ 2 ވަނަ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ.