News

ޓީއެފްޖީގެ ކޮކާކޯލާ ލޯންގްރަން ފަސްކޮށްފި

10 މާރިޗު 2020






އޭފްރީލްމަހު ބޭއްވުމަށް ހަމަޖައްސާފައި އޮތް ޓީއެފްޖީ ކޮކާކޯލާ ލޯންގްރަން 2020 ކޮވިޑް-19 ގެ ސަބަބުން ފަސްކޮށްފިއެވެ.

 

ޓީއެފްޖީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ދެން ކޮކާކޯލާ ލޯންގްރަން ބާއްވާނީ ޖުލައި 17 ވާ ހުކުރު ދުވަހު ކަމަށެވެ. ކުރިން އެ ދުވުން ބޭއްވުމަށް ހަމަޖެހިފައި އޮތީ 10 އޭޕްރީލް ގައެވެ. 

 

ޓީއެފްޖީގެ އަމާޒަކީ ލޯންގްރަން އިވެންޓަކީ ދުވުންތެރިންނާއި ދުވުންތެރިންގެ އާއިލާތަކަށްވެސް އިވެންޓަކީ އުފާވެރި މާހައުލަކަށް ހެދުން ކަމަށާއި، އެހެންނަވަެސް ކޮވިޑް-19 ގެ ސަބަބުން އެފަދަ މާހައުލެއް ނެތުމާއެކު ދުވުން ފަސްކުރީ ކަމަށެވެ. 

 

ޓީއެފްޖީން ބުނީ ކޮވިޑް-19 ވައިރަސް އިން ވީއެންމެ އަވަހަކަށް މުޅި ދުނިޔެއަށް ސަލާމަތްވެވޭނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް ޓީއެފްޖީގެ ބަޔާނުގައިވެއެވެ. 

 

މިއީ އިވެންޓަކީ 8 ވަނަ ކޮކާ ކޯލާ ލޯންގްރަން އިވެންޓް ބާއްވާ 8 ވަނަ އަހަރެވެ. 2019 ވަނަ އަހަރު ބޭއްވި މި ދުވުމުގައި ދެހާހެއްހާ ދުވުންތެރިން ބައިވެރިވެފައިވެއެވެ.

 

 



Leave a Comment:

Comments will be published after moderation.