News

ކްލަބް މޯލްޑިވްސް ކަޕްވެސް ފަސްކޮށްފި

10 މާރިޗު 2020






ރާއްޖޭގައި ކޮވިޑް-19 ޖެހިފައިވާ 6 މީހުން ފެނިފައިވާކަން ސަރުކާރުން އިއުލާނުކޮށްފައިވާތީ "ކްލަބް މޯލްޑިވްސް ކަޕް 2020" ވެސް ފަސްކޮށްފިއެވެ.

 

ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ ކްލަބް މޯލްޑިވްސް ކަޕް މިއަހަރު ފެށުމަށް ތާވަލުކޮށްފައި އޮތީ އަންނަ އޭޕްރީލްމަހުގެ 7 ވަނަ ދުވަހުއެވެ. 

 

ކްލަބް މޯލްޑިވްސްއިން ބުނީ މުބާރާތް ފަސްކުރީ ދުނިޔޭގައި ފެތުރެމުން އަންނަ ކޮވިޑް-19 އާއި ގުޅިގެން ކަމަށާއި ރާއްޖެއިންވެސް މަދު އަދަދެއްގެ ކޭސްތައް ފެނިފައިވާތީ ކަމަށެވެ. 

 

އެހެންކަމުން ދެން މުބާރާތް ބާއްވަން ރީޝެޑިއުލްކުރާނީ ޖުލައިމަހުގެ މެދެއްހާތަނަށް ކަމަށް ކްލަބް މޯލްޑިވްސް އިން ބުނެއެވެ. ކްލަބް މޯލްޑިވްސް ކަޕްގައި މި އަހަރު ބައިވެރިވާ ޓީމުތަކުން މިހާރު ވަނީ ފަރިތަކުރުންތައްވެސް ފަށާފައެވެ. 

 

 

އަދި މި އީ އުނދަގޫ ނިންމުމެއް ކަމަށާއި އެހެންނަމަވެސް މި އިވެންޓަކީ އެތައްހާސް ބަޔަކު ވައިވެރިވާނެ އިވެންޓެއް ކަމަށްވާތީ އާންމުންގެ ސަލާމަތަށްޓަކާ މުބާރާތް ފަސްކުރީ ކަމަށް ކްލަބު މޯލްޑިވްސް އިން ބުނެއެވެ. 

 

އަދި މި ނިންމުމަކީ ވޯލްޑް ހެލްތް އޮގަނައިޒޭޝަނާއި ހެލްތް މިނިސްޓްރީ އާއި އެޗްޕީއިން އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ރިއާޔަތްކޮށް އެ މިންގަނޑުތަކަށް ތަބާވުމުގެ ގޮތުން ނިންމި ނިންމުމެއްކަމަށްވެސް ކްލަބު މޯލްޑިވްސްއިން ބުނެފައިވެއެވެ. 

 

މުބާރާތް ފަސްކުރިކަން ކްލަބު މޯލްޑިވްސްގެ ވެބްސައިޓްގައި ވަނީ އާންމުކޮށްފައެވެ. ކްލަބް މޯލްޑިވްސް ކަޕް ފަސްކުރި އިރު ރާއްޖޭގައި ބާއްވާ ގިނަ ކުޅިވަރު ހަރަކާތްތަކެއް ވަނީ ފަސްކޮށްފައެވެ. އެގޮތުން އިންޓަރސްކޫލް މުބާރާތްތަކާއި ދުވުނތައްވެސް ވަނީ ފަސްކޮށްފައެވެ.

 

މީގެ އިތުރުން އެފްއޭއެމުން ހިންގާ ގިނަ ހަރަކާތްތައްވެސް ވަނީ ވަގުތީ ގޮތުން މެދު ކަނޑާލާފައެވެ. އަދި އެކަޑަމީތަކުގެ ހަރަކާތްތައް މިދުވަސްވަރު ކުރިޔަށް ނުގެންދިއުމަށްވެސް އެފްއޭއެމުން ވަނި އިލްތިމާސް ކޮށްފައެވެ.  

 

ކުލަބް މޯލްޑިވްސް ކަޕް

Leave a Comment:

Comments will be published after moderation.