News

ޑަ ގްރާންޑޭ އަތުން ބަލިވެ މުބާރާތުން ފޯކައިދޫ ކަޓައިފި

7 ފެބްރުއަރީ 2019






ޑަ ގްރާންޑޭ އަތުން ބަލިވެ ފޯކައިދޫ މުބާރާތާ އަލްވަދާއު ކިޔައިފިއެވެ.

މުބާރާތުގެ 3ވަނަ ދުވަހު ކުޅެވުން ފުރަތަމަ މެޗު ނިމިގެން ދިޔައީ 2-0 ގެ ނަތީޖާއަކުން ފޯކައިދޫ މައްޗަށް ޑަ ގްރާންޑޭ ކުރި ހޯދައިގެންނެވެ. މެޗުގެ 11ވަނަ މިނިޓުގައި ޑަ ގްރާންޑޭގެ އަހްމަދު ހުސާމްވަނީ މެޗުގެ ފުރަތަމަ ގޯލް ކާމިޔާބުކޮށް ޑަ ގްރާންޑޭއަށް ކުރި ހޯދައިދީފައެވެ. އެއަށްފަހު ދެ ޓީމްގެ ފަރާތުންވެސް ފެނިގެން ދިޔައީ ފޯރިގަދަ ކުޅުމެކެވެ. މެޗުން އެންމެ ކުޑަމިނުން ޕޮއިންޓެއް ހޯދަން ފޯކައިދޫ ގަދައަށް މަސައްކަތް ކުރިއެވެ. އެގޮތުން 91ވަނަ މިނިޓުގައި ފޯކައިދޫއިން ގޯލް ޖެހުމަށް ބާރު ދުވެއްޔެއްގައި ކުރިއަށް ގެންދިޔަ ހަމަލާ ޑަ ގްރާންޑޭ ދިފާއުކުރިއެވެ. އަދި އެ ހަމަލާގައި ގޯލް ޖެހުމުގެ އަޒުމުގައި ފޯކައިދޫގެ ގިނަ ކިޅުންތެރިން ކުރިއަށް އަރާ ތިބި ދަނޑިވަޅުބަލާ ޑަ ގްރާންޑޭ ވާތް ފަރާތުން އަވަސް ކައުންޓަރ އެޓޭކެއް ފެށިއެވެ. އެގޮތުން ވާތް ފަރާތުން އޭރިއާ ތެރެއަށް ލީ ބޯޅަ ކީޕަރ މަތިން ހިއްލާލާ ގޯލް ތެރެއަްށް ފޮނުވާލާ ފޯކައިދޫގެ އުންމީދުތަށް ފުނޑުފުނޑު ކޮށްލީ ޑަ ގްރާންޑޭގެ އަހްމަދު ހުސާމްއެވެ.

ފޯކައިދޫވަނީ މީގެ ކުރިން ކުޅުން މެޗުގައި ޓީސީ އަތުން 3-2ން ބަލިވެފައެވެ. އެ މެޗުގައި ފުރަތަމަ ދެ ލަނޑުގެ ލީޑެއް ފޯކައިދޫއިން ނެގިނަމަވެސް ކީޕަރަށް ދެއްކި ރަތް ކާޑާއެކީ ފޯކައިދޫގެ ކުޅުން ބަދަލުވެ ޓީސީގެ އިތުރު ކުޅުންތެރިޔާގެ ބޭނުން ރަނގަޅަށް ހިފާ އެޓީމުން ފަހަތުން އަރާ ތިން ލަނޑު ކާމިޔާބުކޮށް މެޗުން ކުރި ހޯދިއެވެ.

މެޗުގެ މޭން އޮފް ދަ މެޗް މަގާމް ހޯދައިފާވަނީ ޑަ ގްރާންޑޭއަށް ދެ ގޯލް ކާމިޔާބު ކޮށްދިން އަހުމާދު ހުސާމްއެވެ.

Da-GANG FAM U-21 Youth Championship Foakaidhoo Sports Club TC Sports Club Victory Sports Club

Leave a Comment:

Comments will be published after moderation.