News

އިންޓަރސްކޫލް ހޭންޑްބޯލް މުބާރާތްވެސް ފަސްކޮށްފި

9 މާރިޗު 2020






މިމަހު ފަށަށް ހަމަޖެހިފައިވާ ހަ ވަނަ އިންޓަރސްކޫލް ހޭންޑްބޯލް މުބާރާތް ފަސްކޮށްފިއެވެ.

 

މިއަދު މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ހަވަނަ އިންޓަރސްކޫލް ހޭންޑްބޯލް މުބާރާތް ފަސްކުރީ ރާއްޖެއިން ހިމަބިއްސާ ކޮރޯނާ ވައިރަސް ފެނިފައިވާތީ ދަރިވަރުން މި ބަލިތަކުން ރައްކާތެރިކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ. 

 

ހޭންޑްބޯލް މުބާރާތް ބޭއްވުމަށް ކުރިން ހަމަޖައްސާފައި އޮތީ މިމަހުގެ 20 ވަނަ ދުވަހެވެ. ދެން މުބާރާތް އޮންނާނެ ދުވަހެއް ފަހުން އިއުލާނުކުރާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

 

ކޮވިޑް-19 އާއި ގުޅިގެން ކުޅިވަރުގެ ގިނަ ހަރަކާތެއްވަނީ ފަސްކޮށްފައެވެ.



Leave a Comment:

Comments will be published after moderation.