News

ޖަޒީރާ ޗެމްޕިއަންޝިޕް ފަސްކޮށްފި

9 މާރިޗު 2020






ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ނުރައްކާތެރި ރޯގާ، ކޮރޯނާ ވައިރަސް (ކޮވިޑް-19) ރާއްޖޭންވެސް ފެނިފައިވާތީ "ޖަޒީރާ ޗެމްޕިއަންޝިޕް 2020" ފަސްކޮށްފިއެވެ. 

 

"ޖަޒީރާ ޗެމްޕިއަންޝިޕް 2020" ފަސްކުރިކަން އަންގާ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ ބަޔާނެއް ނެރެފައެވެ. އެފްއޭއެމުން ބުނީ ކޮވިޑް-19 އާއި ގުޅިގެން ޖަޒީރާ ޗެމްޕިއަންޝިޕްގެ ހުރިހާ ކަމެއް ރޯދަމަހުގެ ފަހަށް ފަސްކޮށްފައިވާ ކަމަށެވެ. 

 

އަދި މުބާރާތުގެ ގުރުއަތުލުންވެސް ފަސްކޮށްފައިވާކަމަށް އެފްއޭއެމް އިން ބުނެއެވެ. "ޖަޒީރާ ޗެމްޕިއަންޝިޕް 2020" އަކީ ކުރިން މިނިވަން ޗެމްޕިއަންޝިޕްގެ ނަމުގައި ކުރިޔަށް ގެންދިޔަ ފުޓުބޯޅަ މުބާރާތެކެވެ. މިއީ ހޯމް އެންޑް އަވޭ އުސޫލުން މެޗުތައް ކުޅޭ މުބާރާތެކެވެ. ތިންބުރަކަށް ބަހާލައިގެން ކުޅޭ މި މުބާރާތުން އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެއް ޒޯން ބުރަށް ހޮވޭނެއެވެ. 

 

އެފްއޭއެމް އާއި ޔޫތު މިނިސްޓްރީން ވަނީ މިއަހަރުގެ މުބާރާތަށް ބަދަލުތަކެއް ގެނެސްފައެވެ. އަދި ދިވެހި ފުޓުބޯޅައިގެން ފޯރި އަލުން ގެނައުމަށާއި، ސަޕޯޓަރުންގެ ފޯރި އަނބުރާ ގެނެސް ފުޓުބޯޅަ އިތުރަށް ކުރި އެރުވުމަށް އެފްއޭއެމާއި ޔޫތު މިނިސްޓްރީން މި މުބާރާތާއި އެކު މަސައްކަތްތަކެއް ކުރިޔަށް ގެންދާނެއެވެ. 

 

މި މުބާރާތުގެ މަގްސަދަކީ ރަށްރަށުގެ ކްލަބު ޖަމްއިއްޔާތަކަށް އިތުރު ފުރުސަތުތައް ހޯދާދައިދިނުމާއި ކްލަބް ޖަމްއިއްޔާތައްވެސް އިތުރަށް ހަރުދަނާ ކުރުން ކަމަށް އެފްއޭއެމުން ބުނެއެވެ. 



Leave a Comment:

Comments will be published after moderation.