News

އޭއެފްސީ ކަޕަށް ޓީސީ ބަނގްލަދޭޝްގައި

9 މާރިޗު 2020






އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖްގައި ބަނގްލަދޭޝްގެ ބަޝުންދުރަ ކިންގްސް އާއި ވާދަކުރުމަށް އިއްޔެ ޓީސީ ސްޕޯޓްސް ކުލަބުގެ ކުޅުންތެރިން ބަނގްލަދޭޝް އަށް ގޮސްފިއެވެ.

 

ޓީސީން ވަނީ އޭއެފްސީ ކަޕަށް އެ ކުލަބުގެ ސްކޮޑް ވަރުގަދަ ކޮށްފައެވެ. އެގޮތުން ގްރީން ސްޓްރީޓްގެ ކުރީގެ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އާއި ފޯކައިދޫ ޓީމުގެ ބައެއް ކުޅުންތެރިތަކެއް ވަނީ ޓީސީއަށް ގެނެސްފައެވެ.

 

އަދި މާޒިޔާގެ ޑިފެންޑަރ އަބުދުﷲ ހަނީފް އާއި ކްލަބް އެސްޓީ ވިންސެންޓްގެ ސްޓްރައިކާ މެލްކޮމް ސްޓީވާޓްވެސް ވަނީ ޓީސީ އާއި ގުޅިފައެވެ.

 

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖްގައި ބަޝުންދުރަ ކިންގްސް އާއި ދެކޮޅަށް ޓީސީން ނިކުންނާނީ 11 މާޗްގައި ރާއްޖެ ގަޑިން 15:30 ގައެވެ. 

 

ޓިސީން ވަނީ އޭއެފްސީ ކަޕަށް ތައްޔާރުވުމުގެ ގޮތުން ދޯހާގައިވެސް ކޭމްޕްކޮށްފައެވެ. ދޯހާގައި ގެ ކުރިޔަށް ގެންދިޔަ ފަރިތަކުރުންތަކުގެ ސަބަބުން އޭއެފްސީ ކަޕްގެ ގްރޫޕް އީގައި ބަޝުންދުރަ ކިންގްސް އާއި ދެކޮޅަށް ކުޅޭ މެޗުގައި ކޭމްޕްގެ ފައިދާ ފެންނާނެ ކަމަށް ބެލެވެއެވެ.

 

އެހެންނަމަވެސް ޓީސީއަށް އޮތް ޑިސްއެޓްވާންޓޭޖަކީ ބަނގްލަދޭޝް ގެ ބަޝުންދުރަ ކިންގްސް ޓީމްގައި އިރުޝާދު ދިނުމަށް ދިވެހި ކުޅުންތެރިން ދަންނަ ދިވެހި ފުޓުބޯޅައަށް ފަރިތަ ކުރީގެ ނިއުރޭޑިއަންގެ ކޯޗު ސްޕެއިންގެ އޮސްކާ ބުރުޒޯން ހުރުމެވެ.

 



Leave a Comment:

Comments will be published after moderation.