News

ޗެންނާއީ ސިޓީ އާއި ދެކޮޅަށް ކުޅޭ މެޗަށް މާޒިޔާ އިންޑިއާއަށް

8 މާރިޗު 2020






އޭއެފްސީ ކަޕްގައި އިންޑިއާގެ ޗެންނާއީ ސިޓީއާއި ވާދަކުރުމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުގެ ކުޅުންތެރިން އިންޑިއާއަށް ގޮސްފިއެވެ. 

 

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖްގައި އިންޑިއާ އައި ލީގުގެ ޗެމްޕިއަންނާ ވާދަކުރުމަށް މާޒިޔާގެ ކުޅުންތެރިން އިންޑިއާއަށް ދިޔައީ ހޮނިހިރު ދުވަހެވެ.

ގުރޫފް ސްޓޭޖްގެ ފުރަތަމަ މެޗުގައި ޗެންނާއީ ސިޓީއާއި ދެކޮޅަށް މާޒިޔާ ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު ރާއްޖެ ގަޑިން 18:00 ގައެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޗެންނާއީގެ ޖާވާހަރްލާލް ނެހުރޫ ސްޓޭޑިއަމްގައެވެ. 

އޭއެފްސީ ކަޕްގެ ގްރޫޕު ސްޓޭޖުގެ މެޗުތަކަށް މިފަހަރު ރާއްޖެއިން ވާދަކުރުމަށް ފުރުސަތު ލިބުނީ މާޒިޔާއާއި ޓީސީ އަށެވެ. މިއީ 2016 ގައި އޭއެފްސީ ކަޕަށް ގެނައި ބަދަލާއެކު ދެކުނު އޭޝިއާގެ ޓީމުތައް އެއް ގްރޫޕެއްގައި ވާދަކުރަން ފެށިފަހުން ރާއްޖޭގެ ދެޓީމަށް ގުރޫފު ސްޓޭޖުން ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. 

އޭއެފްސީ ކަޕްގެ ގްރޫފް އީ ގައި މާޒިޔާ ހިމެނިފައިވާއިރު މާޒިޔާއިން ގްރޫޕް ސްޓޭޖަށް ކޮލިފައިވީ އިންޑިއަން ސުޕަލީގުގެ ޗެމްޕިއަން ބެންގަލޫރު އެފްސީގެ މައްޗަށް ކުރި ހޯދައިގެންނެވެ. 

ގްރޫފް އީގައި ދެން ހިމެނެނީ ބަނގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އާއި ޗެންނާއި ސިޓީ އަދި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކުލަބެވެ. 



Leave a Comment:

Comments will be published after moderation.