News

ފޯކައިދޫ ބަލިކޮށް ދަ ގްރާންޑޭ ސެމީއަށް

7 މާރިޗު 2020






ފޯކައިދޫ ބަލިކޮށް އެފްއޭ ކަޕްގެ ސެމީ ފައިނަލުން ދަ ގްރާންޑޭ ޖާގަ ހޯދައިފިއެވެ. 

 

އިއްޔެ ހަވީރު ކުޅުނު ކުއާޓާ ފައިނަލްގައި ދަ ގްރާންޑޭ ވަނީ 3-0 ގެ ނަތީޖާއިން ފޯކައިދޫ ފުޓްބޯޅަ ކުލަބު ބަލިކޮށްފައެވެ.

 

ދަ ގްރާންޑޭގެ 3 ލަނޑު ކާމިޔާބު ކޮށްދިނީ އިރާގްގެ ފޯވަޑް އުބައިދާ ހަދޫމް އަހްމަދާއި ތޮލާލް ނަސީރެވެ. ދަ ގްރާންޑޭ އިން މެޗުގެ ލީޑް ނެގީ41 ވަނަ މިނިޓްފައި ތޮލާލް ކާމިޔާބުކޮށްދިން ގޯލުންނެވެ. މެޗްގެ 61 ވަނަ މިނިޓްގައި ދަ ގްރާންޑޭގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ އިރާގްގެ ކުޅުންތެރިޔާ އުބައިދާ އެވެ. 3 ވަނަ ލަނޑު މެޗުގެ 84 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީވެސް އޭނާއެވެ. 

 

މިމެޗުން ބަލިވުމުން ފޯކައިދޫއަށް ވަނީ ސީޒަން ނިމިފަ އެވެ. 



Leave a Comment:

Comments will be published after moderation.