News

ރިޒޭގެ 10 ގޯލުން އީގަލްސް ސެމީއަށް

7 މާރިޗު 2020






އެފްއޭ ކަޕްގައި ރޭ ކުޅުނު މެޗުގައި ފޯވާޑް އަހުމަދު ރިޒްވާން (ރިޒޭ) ކާމިޔާބުކޮށްދިން 10 ލަނޑާއި އެކު ކްލަބް އީގަލްސް ސެމީ ފައިނަލްގެ ފަހު ޖާގަ ކަށަވަރު ކޮށްފިއެވެ. 

 
 
ރޭ ގަލޮޅު ދަނޑުގައި ވިލިމާލެ ޔުނައިޑެޓް އާއި ދެކޮޅަށް ކުޅުނު މެޗު އީގަލްސް އިން ކާމިޔާބުު 12-0 ކުންނެވެ. ރޭގެ މެޗުގައި ރިޒޭ އީގަލްސްއަސް ކާމިޔާބު ކޯށްދިން 10 ގޯލުގެ އިތުރުން އަނެއް ދެ ގޯލް ކާމިޔާބުކޮށްދިނީ ހަސަން ރާއިފް އަހުމަދު (ހަންނަ) އާއި ބިދޭސީ ކުޅުންތެރިޔާ ޓޮޝީކީ އޮކަމޯޓޯ އެވެ. 
 
 
މެޗުގެ ފުަަރަތަމަ ހާފްގައި އީގަލްއިން ވަނީ ތިން ގޯލް ކާމިޔާބުކޮށްފައެވެ. ދެވަނަ ހާފްގައި އިތުރު ލަނޑުތައް ޖަހާ ތަފާތު ބޮޑު ނަތީޖާ އަކުން ވިލިމާލެ ޔުނައިޓެ ބަލިކުރި މެޗްގައި ރިޒޭ ޖެހި 10 ގޯލާ އެކު އޭނާ ވާނީ ރަސްމީ މެޗެއްގައި ތިންވަނަ އަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށެވެ. 
 އެއް މެޗެއްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރިކޯޑް އޮތީ ދަނގަޑޭ އަތުގައިެވެ. އަދި ދެވަނަ އޮތީ އަހުމަދު ހަލީމް (އައްމަޑޭ) އަތުގައެވެ. ރިޒޭ އާއި އެކު ތިންވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ އާދަމް އަބުދުލް ލަތީފް ލައްޗޭއެވެ. 
 

މެޗުގެ ފުރަތަމަ ގޯލު ކާމިޔާބު ކުރީ ހަވަނަ މިނިޓްގައި ބިދޭސީ ކުޅުންތެރިޔާ ޓޮޝީކީ އެވެ. ފުރަތަމަ  ހާފުގައި އަނެއް ދެ ލަނޑު ޖަހާދިނޫ ރިޒޭއެވެ. ދެވަނަ ހާފުގައި އީގަލްސްގެ 4 ވަނަ ގޯލު ކާމިޔާބުކޮށްދިނީ  ފުރަތަމަ މިނިޓްގައި ހަންނައެވެ.  އޭގެ ފަހުން ހުރިހާ ލަނޑެއްވެސް ކާމިޔާބުކޮށްދިނީ  ރިޒޭ އެވެ. 

 

މުހައްމަދު ޝިޔާޒް (މޯހަން) ގެ ކޯލުކަމުގެ ދަށުން ރޭ އީގަލްސް ކުޅުނު މެޗް ކާމިޔާބު ކޮށްފައިވާއިރު ސެމީ ފައިނަލްގައި  އީގަލްސް ކުޅެން ޖެހޭނީ ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. މި މެޗު އޮންނާނީ މިމަހުގެ 16 ވަނަ ދުވަހުގެ ރެއެވެ. 

 



Leave a Comment:

Comments will be published after moderation.