News
" އެންމެ ސިކުންތަކުން ނަތީޖާ ބަދަލުކޮށްލެވިދާނެ ، އެންމެ ސިކުންތަކުން ފުރާނަވެސް ގެއްލިދާނެ" ޔޫތް މުބާރަތް ފެށީ ތަފާތު އިބްރަތްތެރި މެސެޖަކާއިއެކު
5 ފެބްރުއަރީ 2019
އިއްޔެ ޤައުމީ ފުޓްބޯޅަ ސްޓޭޑިއަމްގައި މިއަހަރު 21 އަހަރުން ދަށުގެ ޒުވާން ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ ޔޫތް ޗެމްޕިއަންޝިޕް ފެށީ ޒުވާން އެތައް ކުޅުންތެރިންތަކަކާއިއެކު ތަފާތު އިބްރަތްތެރި މެސެޖަކާއިއެކުއެވެ.
މިއަހަރުގެ ޔޫތް ޗެމްޕިއަންޝިޕް ހުޅުވި މެޗުގައި ފޯކައިދޫ އަދި ޓީ.ސީ ސްޕޯރޓްސް ބަށްދަލުކުރި މެޗުގެ ކުރިންވަނީ އެފް.އެމް.އާއި، ޓްރާންސްޕޯރޓް މިނިސްޓްރީއާއި، ޕޮލިސް އަދި ސިޓީ ކައުންސިލް ގުޅިގެން ފެށި ހޭލުންތެރިކުރުމުގެ ކެމްޕެއިން "00:01 ސިކުންތެއްގެ ތަފާތު" ފަށާފައެވެ.
ފަހަކަށް އައިސް މަގުމަތީގައި ބާރުސްޕީޑް އަދި ރައްކާތެރިނޫންގޮތްގޮތަށް އުޅަނދު ދުއްވުމުގެ ސަބަބުން ގިނަ އަދަދެއްގެ އެކްސިޑެންޓަކެއް ހިނގައި ތަފާތު ބޮޑެތި އަނިޔާތައް ލިބި މިފަދަ ބައެއް އެކްސިޑެންޓްތަކުގައި ޒުވާނުންގެ ފުރާނަވެސް ގޮސްފައިވާތީ، މިފަދަ ކަންކަމާއި މެދު ހާއްސަކޮށް ޒުވާނުންމެދުގައި ހޭލުންތެރިކުރުމުގެ މި ކެމްޕެއިން ފެށުމުގައި ޕޮލިސްގެ ފަރާތުން ޕޮލިސް ސްޕްރިންޓެންޑެންޓް ފަރުހާދު ފިކުރީ، މާލެ ސިޓީ ކައުންސިލަރ، އެފް.އޭ.އެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒުގެ އިތުރުން ޤައުމީ ފުޓްބޯޅަ ހެޑް ކޯޗު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ޤައުމީ ފުޓްބޯޅަ ސްޓޭޑިއަމްއަށް ހާޟިރުވެ ތިވި ޒުވާނުންނެއްގެ ހާޟިރުގައި ފެށިގެން ދިޔަ ހަތަރު މުއައްސަސާގެ މި ހޭލުންތެރި ކެމްޕެއިންގައި އެފް.އޭ.އެމް އިން ބޭނުންކުރާނެ ޝިއާރު ކިތަންމެހާވެސް ތަފާތެވެ.
" އެންމެ ސިކުންތަކުން ނަތީޖާ ބަދަލުކޮށްލެވިދާނެ ، އެންމެ ސިކުންތަކުން ފުރާނަވެސް ގެއްލިދާނެ" މި ޝިޔާރުއެވެ. އެފް.އޭ.އެމް އިން ބުނީ ބޭނުންވަނީ ޒުވާނުންނަށް ހޭލުންތެރިކަމުގެ މެސުތައްދީ އެކަމުގެ ސީރިއަސްކަން ބުނެދޭއިރު ފުޓްބޯޅަ މެޗެއްގައި މެޗުގެ ނަތީޖާ ބަދަލުކޮށްލަން އެންމެ ސިކުންތެއްވެސް ފުދޭ އިރު ހަމަ މަގުމަތީގައި އެންމެ ސިކުންތެއްގެ ތެޜޭގައި ދުއްވަމުން ކުރެވޭ ކަމަކުން ނުވަތަ އެޅޭ އެންމެ ފިޔަވަޅަކުންވެސް ބޮޑެތި ގެއްލުންތަކެއް ތިމާއަށާއި އެހެން މީހުންނަށް ލިބިދާނެކަން އެމީހުންގެ ތެރޭގައި އެންމެ މަޤްބޫލު ކުޅިވަރު، ފުޓްބޯޅަ މެދުވެރިކޮށް އެމެސެޖްދޭންކަމަށެވެ.
އެފް.އޭމް.އެމް 21 އަހަރުން ދަށުގެ ޔޫތް ޗެޕްޕިއަންޝިޕް