News

ރާއްޖެހިތްހަމަ ޖެހޭފަދަ ނަތީޖާއެއް މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގަ ނެރޭނެކަމަށް ޤައުމީ ޓިމްގެ ކެޕްޓާން އަލީ އާރިފް (ބަކާ) ބުނެފިއެވެ

16 އޯގަސްޓް 2018






ރާއްޖެހިތްހަމަ ޖެހޭފަދަ ނަތީޖާއެއް މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގަ ނެރޭނެކަމަށް ޤައުމީ ޓިމްގެ ކެޕްޓާން އަލީ އާރިފް (ބަކާ) ބުނެފިއެވެ.

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ގައުމީޓީމް ގަތަރުގައި މިހާރު ކުރިޔަށްގެންދާ ފަރިތަކުރުންތަކައި އެގައުމުގެ ދެވަނަ ޑިވިޝަންގެ ކްލަބެއްކަށްވާ އަލް މަރްޚިޔާ ސްޕޯޓްސް ކްލަބާއި އެކު ކުޅުނު އެކުވެރިކަމުގެ މެޗުން 3-4 ގެ ނަތީޖާ އަކުން ވަނީ މޮޑުވެފައެވެ. މިމެޗްއަށްފަހު  އެފްއޭއެމްގެ މީޑިޔާ މެދުވެރިކޮށް ދިން އިންޓަވިއުއެއްގައި ބަކާ ބުނީ މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ސަޕޯޓަރުން ހިތްހަމަ ޖެހޭފަދަ ނަތީޖާއެއް ލިބޭނެކަމަށް ވަރަށް އުއްމީދު ކުރާކަމަށެވެ. ބަކާ ބުނީ މިހާ އޮގަނައިޒްކޮށް ޓްރެއިނިންގ އާއި ކެއުމާއި ކަންކަން ނެޝެނަލްޓީމުން ފެނިގެންގޮސްފައި ނުވާކަމަށެވެ.

ރާއްޖެ މޮޅުވި މި މެޗްޗްގެ ފުރަތަމަ ހާފްގައި ރާއްޖޭގެ ޓީމުންވަނީ 3 ގޯލް ޖަހާފައެވެ. ރާއްޖެއަށް ގޯލު ޖަހައިދިނީ ހަމްޒާ މުހައްމަދު، މުހައްމަދު އާރިފް (ބަކާ) އަދި ހަސަން ނާއިޒް (ދާދު)އެވެ. ފަހު ހާފްގައި ކާމިޔާބު ކުރި ގޯލާއި އެކު ދާދުވަނީ މެޗްގަ ޖެހި އޭނާގެ ދެވަނަ ގޯލް މެޗްގެ 58 ވަނަ މިނެޓްގައި ކާމިޔާބުކޮށްފައެވެ. އަންނަ ސެޕްޓެމްބަރު ހަތަރަކުން 15 އަށް ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމު މިހާރު ދަނީ ގަތަރުގައި ކޭމްޕްކުރަމުންނެވެ. ގަތަރުގައި ގައުމީ ޓީމުގެ އިތުރުން ޕާކިސްތާނާއި އެކު ރަހުމަތްތެރިކަމުގެ މެޗުތައް ކުޅުމަށް މަސައްކަތް ކުރަމުންދާކަމަށް އެފްއޭއެމްއިން މައުލޫމާތުދެއެވެ. މި އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ހިމެނެނީ ޖުމްލަ ހަތް ޓީމެވެ. ހަތް ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، ރާއްޖެ ހިމެނެނީ މުބާރާތުގެ ގްރޫޕް ބީގައެވެ. ރާއްޖެއާ އެކު ގްރޫޕްގައި ހިމެނެނީ ލަންކާ އަދި އިންޑިއާއެވެ. ގްރޫޕް އޭގައި ހިމެނެނީ މުބާރާތް ބާއްވާ ގައުމު، ބަންގްލަދޭޝާއި ނޭޕާލްގެ އިތުރުން ބޫޓާން އަދި ޕާކިސްތާނެވެ. ސާފް ޗެމްޕިއަންޝިޕްގައި މިހާތަނަށް އެންމެ ކާމިޔާބު ޓީމް އިންޑިއާ ވަނީ ހަތް ފަހަރެއްގެ މަތިން މުބާރާތުގެ ތަށި އުފުލާލައިފައެވެ.



Leave a Comment:

Comments will be published after moderation.