News

އެފްއޭ ކަޕް މިއަދު ހަވީރު ފަށަނީ

5 މާރިޗު 2020






ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު އެފްއޭ ކަޕް މިއަދު ހަވީރު ފަށާނެއެވެ. މިއަދު މުބާރާތް ހުޅުވާ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ޓީސީ ސްޕޯޓް ކްލަބާއި ކްލަބް އޭދަފުއްޓެވެ.

 

އެފްއޭ ކަޕަކީ ރާއްޖޭގައި ބާއްވާ އެންމެ ދުވަސްވީ ފުޓުބޯޅަ މުބާރާތެވެ. މި މުބާރާތުގައި ބައިވެރިވުމަށް ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) ގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ކުލަބަކަށް ފުރުސަތު ހުޅުވާލިއެވެ. އެހެންނަމަވެސް ބައިވެރިވީ އެންމެ 8 ޓީމެވެ.

 

ކުރިން ނުވަ ޓީމުން މުބާރާތުގައި ބައިވެރިވި ނަމަވެސް ގުރު ނެގުމުގެ ކުރިން ލެގޫންސް ސްޕޯޓްސް ކްލަބް ވަނީ މުބާރާތުން ވަކިވެފައެވެ. އެހެންކަމުން މުބާރާތުގައި ވާދަކުރާ ޓީމުތަކަކީ މާޒިޔާ އާއި ކްލަބު އީގަލްސް އާއި، ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބު ގްރީން ސްޓްރީޓްސް އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ފޯކައިދޫ ފުޓްބޯލް ކްލަބުގެ އަދި ވިލިމާލެ ޔުނައިޓެޑް އަދި ކްލަބު އޭދަފުއްޓެވެ.

ނޮކް އައުޓް އުސޫލުން ކުޅޭ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ކުއާޓާ ފައިންލަ ބުރުންނެވެ. ކުއާޓާފައިނަލްގެ ފުރަތަމަ ބުރުގައި އޭދަފުއްޓާއި ޓީސީ ބައްދަލުކުރާ މެޗަށްފަހު މި ރޭ ކުޅޭނީ މާޒިޔާ އާއި ގްރީންސްޓްރީޓް އެވެ.

 

ހުކުރު ދުވަހު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފޯކައިދޫ އާއި ދަ ގްރާންޑޭ އެވެ. ހުކުރު ދުވަހުގެ ރޭ ކުޅޭނީ އީގަލްސް އާއި ވިލިމާލެ ޔުނައިޓެޑެވެ.

 

ސެމީފައިނަލްގެ މެޗްތައް  ފަށާނީ މިމަހުގެ 16 ވަނަ ދުވަހެވެ، ފުރަތަމަ ސެމީ އަށް ނިކުންނާއި މާޒިޔާ އާއި ގްރީޏް ސްޓްރީޓް މެޗުން މޮޅުވާ ޓީމާއި ފޯޚައިދޫ އާއި ދަ ގްރާންޑޭ މެޗުން މޮޅުވާ ޓީމެވެ.

 

ހަމަ އެރޭ ސެމީ ފައިނަލްގެ ދެވަނަ މެޗް ބާއްވަން ހަމަޖެހިފައިވާއިރު ބައްދަލު ކުރާނީ ޓީސީ އާއި އޭދަފުށި ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމާއި އީގަލްސް އާއި ވިލިމާލެ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެވެ.

 

މި މުބާރާތުގެ ފައިނަލް މެޗް ބާއްވާނީ މިމަހުގެ 19 ވަނަ ދުވަހުގެ ރެއެވެ. މުބާރާތް ކާމިޔާބު ކުރާ ޓީމަށް އޭއެފްސީ ކަޕުން ފުރުސަތު ލިބޭނެވެ.

 

އެފްއޭ ކަޕަކީ 1988 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. އެހެންނަމަވެސް 2015 ގައި މި މުބާރާތް މެދު ކެނޑުނެވެ. އޭގެ ފަހުން ދެ އަހަރު ބޭއްވުމަށްފަހު  ޝެޑިއުލްގެ މައްސަލައަކާއި ގުޅިގެން އަނެއްކާވެސް މެދު ކެނޑުނީއެވެ. 

 

އެންމެ ފަހުން މި މުބާރާތް 2017 ވަނަ އަހަރު ބާއްވާފައިވާއިރު، އެފަހަރުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޓީސީ ބަލިކުރުމަށްފަހު ޗެމްޕިއަންކަން ހޯދީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ. 



Leave a Comment:

Comments will be published after moderation.