News

ކުރީގެ ގައުމީ ކެޕްޓަން ފަދުވާ ކަކުލުގެ އޮފަރޭޝަނެއް ކޮށްފި

5 މާރިޗު 2020






ގައުމީ އަންހެން ފުޓުބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން ފަދުވާ ޒާހިރު ކަކުލުގެ އޮޕަރޭޝަނެއް ކޮށްފިއެވެ. 

 

ފުޓުބޯޅައިގެ ރަންވަނަތައް ހޯދާފައިވާ ފަދުވާއަކީ އެންމެ މަތީ ފަންތީގައި ފާހަކަ ކުރެވޭ ސްޓްރައިކަރުންގެ ތެރޭގައި ހިމެނޭ މޮޅު ކުޅުންތެރިއެވެ.

 

ގިނަ ކޯޗުން ފާހަގަކޮށްފައިވާ ގޮތުގައި ފަދުވާ އަކީ ކުޅިވަރުގައިވެސް ވަރަށް ރަނގަޅު އަހުލާގެއް ދައްކަމުން އަންނަ ކުޅުންތެރިއެވެ.

 

ފަދުވާ އަކީ ސްވިޑަންސް ވުމެންސް ލީގުގައިވެސް ހިމެނުނު ކުޅުންތެރިއެވެ. އަދި ނިއުރޭޑިއަންގެ ކުރީގެ އަންހެން ޓީމުގައިވެސް ވިދާލި ތަރިއެވެ.

 

ގައުމީ ޓީމުގެ އިތުރުން ފަދުވާއަކީ ކުލަބު އިމިގްރޭޝަންގެ ޓީމަށް ކުޅެ ގިނަ ކާމިޔާބީތަކެއްވެސް ހޯދާފައިވާ ކުޅުންތެރިއެވެ. އަދި ސާފް ޗެމްޕިއަންޝިޕްގެވެސް މުހިންމު ކުޅުންތެރިއެކެވެ. 

 

ފަދުވާއަކީ ގިނަ އަންހެން ކުޅުންތެރިން ނަމޫނާއެއްގެ ގޮތުގައި ދެކެމުން އަންނަ ހުނަރުވެރި ކުޅުންތެރިއެވެ.

 

ބޯޅަ އެމްވީ އިން އެދެނީ ފަދުވާގެ ކަކުލުގެ ފަރުވާ ވީއެންމެ އަވަހަކަށް ފުރިހަމަވެ އަނެއްކާވެސް ފުޓުބޯޅައިގެ ތެރެއިން ފެންނާނެ ކަމަށެވެ. 



Leave a Comment:

Comments will be published after moderation.