News

އެފްއޭއެމްގެ އާ އިމާރާތާއި 20 ފުޓުބޯޅަ ދަނޑު ހެދުމަށް ކޮރެއާ ކުންފުންޏަކާއި ހަވާލުކޮށްފި

3 މާރިޗު 2020






އެފްއޭއެމްގެ 20 ބުރީގެ އިމާރާތާއި 20 ފުޓުބޯޅަ ދަނޑާއި ހަތަރު ފުޓްސަލް އެރީނާ ހެދުމުގެ މަސައްކަތް ސައުތު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ސްކައި ވިންޑް ގްލޯބަލް ކުންފުންޏާއި ހަވާލުކޮށްފި އެވެ. 

 

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މި ޕްރޮޖެކްޓްތައް އެ ކުންފުންޏާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރީ އިއްޔެ އެފްއޭއެމް ހައުސްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. 

 

އެ ޕްރޮޖެކްޓްތައް ނިމޭތާ ހަތް އަހަރުތެރޭ ފައިސާ ދައްކާ ހަލާސްކުރާ ގޮތަށް އެވޯޑްކުރި މި ޕްރޮޖެކްޓްގެ ދަށުން ގާއިމުކުރާ ފުޓްސަލް އެރީނާ އާއި ޓާފް ފުޓުބޯޅަ ދަނޑުތައް ތަރައްގީކުރާނެ ރަށްތައް ކަނޑައަޅާނީ ޔޫތު މިނިސްޓްރީއާ އެފްއޭއެމް ގުޅިގެންނެވެ. 

 

މި އެއްބަސްވުމުގެ ދަށުން ތަރައްގީކުރަން ހަމަޖެހިފައިވާ ފުޓްސަލް އެރީނާތައް އެއް އަހަރުގެ ތެރޭ ނިންމަން ޖެހެއެވެ. އަދި 20 ޓާފް ފުޓުބޯޅަ ދަނޑުގެ ތެރެއިން ކޮންމެ މަހަކު ދަނޑެއް ނިންމަން ޖެހެއެވެ. 



Leave a Comment:

Comments will be published after moderation.