News

އޭއެފްސީ ކަޕަށް ކިތުނާ މާޒިޔާއާއި ގުޅެނީ

3 މާރިޗު 2020






ގައުމީ ސްކޮޑަށް އަލަށް ނެގި އާދަމް ނިޒާމް (ކިތުނާ) އޭފްސީ ކަޕަށް މާޒިޔާ ސްޕޯޓްސް ކްލަބާއި ގުޅެން އެއްބަސް ވެއްޖެއެވެ.

 

އޭއެފްސީ ކަޕްގެ ގުރޫޕު ސްޓޭޖުގައި ކިތުނާ މާޒިޔާއާއި ގުޅޭކަން އެ ކުލަބުގެ ޖެނެރަލް ސެކެއްޓްރީ ހުސެއިން ޝީފާއު (ކޮކީ) ވަނީ ބޯޅައެމްވީ އަށް ކަށަވަރު ކޮށްދެއްވާފައެވެ. 

 

ބ. ގޮއިދޫއަށް އުފަން 32އ ގެ ކިތުނާ އަކީ އަތޮޅުތެރޭގައި ބާއްވާ މުބާރާތްތަކުގައި ރަން ވަނަ ތަކެއް ހޯދާފައިވާ މޮޅު ކުޅުންތެރިއެކެވެ. ޒޯން ޗެމްޕިއަންސް ލީގުގައި 2005 ވަނަ އަހަރު އއ.ތޮއްޑޫ ސޯސަން ކްލަބުގެ ޖާޒީގާއި ކިތުނާ ވަނީ ގަލޮޅު ދަނޑުންވެސް ފެނިފައެވެ. 

 

ތޮއްޑޫ ޓީމަށް ކުޅެމުންދަނިކޮށް އޭނާއަށް ވަނީ 19 އަހަރުން ދަށުގެ ގައުމީ ޓީމުންވެސް ފުރުސަތު ލިބިފައެވެ. މާލޭގައި ހުރެވޭނެ ގޮތެއް ނެތިގެން އެ ފުރުސަތުގެ ބޭނުން ކިތުނާއަށް ނުހިފުނު ނަމަވެސް ގައުމީ ޓީމަށް ކުޅެލުމަކީ ކިތުނާ ދެކެމުން އައި ވަރަށް ބޮޑު ހުވަފެނެކެވެ. 

 

ގައުމީ ސްކޮޑުން ކިތުނާއަށް ޖާގަލިބުނީ ދެވަނަ ޑިވިޝަންގެ ސުޕަ ޔުނައިޓެޑަށް އޭނާ ހަތްލަނޑު ޖަހާދީ ރަންބޫޓާއި މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދުމާއި ގުޅިގެންނެވެ. އަދި މާޒިޔާގެ ކެޕްޓަން އައްސަދުﷲ އަބްދުﷲ ގެ ކަކުލަށް ލިބިފައިވާ އިންޖަރީގެ ސަބަބުން ގައުމީ ޓީމްގެ ކުޅުމާއި ދުރުގައި ދުވަސްކޮޅަކަށް މަޑު ކުރަން ޖެހިފައިވާތީ އެވެ.

 

ކިތުނާ މާޒިޔާއަށް ގުޅެން ނިންމާފައިވާއިރު މާޒިޔާއަކީ ދިވެހި ޕްރިމިއާ ލީގްގެ ޗެމްޕިއަންކަން ހޯދާ ފުޓްބޯޅައިގައި ރަންވަނަތަކެއް ހޯދަމުން އަންނަ ކާމިޔާބު ޓީމެކެވެ. 

ކިތުނާ މާޒިޔާ ސްޕޯރޓްސް އެންޑް ރިކުރިއޭޝަން

Leave a Comment:

Comments will be published after moderation.