News
އެފްއޭ ކަޕް ހުޅުވާ މެޗް ކުޅޭނީ ޓީސީ އާއި ކްލަބް އޭދަފުށި
2 މާރިޗު 2020
ދެ އަހަރުގެ މެދުކެނޑުމަކަށްފަހު މިއަހަރު ބާއްވަން ނިންމާފައިވާ އެފްއޭ ކަޕްގައި ފުޓްބޯޅަ މުބާރާތް ހުޅުވައިދޭ މެޗުގައި އަންނަ ބުރާސްފަތި ފަށާނެއެވެ.
މުބާރާތް ހުޅުވައިދޭ މެޗުގައި ބައްދަލު ކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް އޭދަފުށީ ޓީމެވެ.
އެފްއޭއެމްގައި ރަޖިސްޓްރީވެފައިވާ ހުރިހާ ކްލަބަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލި ނަމަވެސް މުބާރާތުގައި ބައިވެރިވީ އަށް ޓީމެކެވެ.
ނޮކް އައުޓް އުސޫލުން ކުޅޭ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ކުއާޓާ ފައިންލަ ބުރުންނެވެ. ކުއާޓާފައިނަލްގެ ފުރަތަމަ ބުރުގައި އޭދަފުއްޓާއި ޓީސީ ބައްދަލުކުރާ މެޗަށްފަހު ބުރާސްފަތި ދުވަހުގެ ރޭ ކުޅޭނީ މާޒިޔާ އާއި ގްރީންސްޓްރީޓް އެވެ.
ހުކުރު ދުވަހު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފޯކައިދޫ އާއި ދަ ގްރާންޑޭ އެވެ. ހުކުރު ދުވަހުގެ ރޭ ކުޅޭނީ އީގަލްސް އާއި ވިލިމާލެ ޔުނައިޓެޑެވެ.
ސެމީފައިނަލްގެ މެޗްތައް ފަށާނީ މިމަހުގެ 16 ވަނަ ދުވަހެވެ، ފުރަތަމަ ސެމީ އަށް ނިކުންނާއި މާޒިޔާ އާއި ގްރީޏް ސްޓްރީޓް މެޗުން މޮޅުވާ ޓީމާއި ފޯޚައިދޫ އާއި ދަ ގްރާންޑޭ މެޗުން މޮޅުވާ ޓީމެވެ.
ހަމަ އެރޭ ސެމީ ފައިނަލްގެ ދެވަނަ މެޗް ބާއްވަން ހަމަޖެހިފައިވާއިރު ބައްދަލު ކުރާނީ ޓީސީ އާއި އޭދަފުށި ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމާއި އީގަލްސް އާއި ވިލިމާލެ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެވެ.
މި މުބާރާތުގެ ފައިނަލް މެޗް ބާއްވާނީ މިމަހުގެ 19 ވަނަ ދުވަހުގެ ރެއެވެ. މުބާރާތް ކާމިޔާބު ކުރާ ޓީމަށް އޭއެފްސީ ކަޕުން ފުރުސަތު ލިބޭނެވެ.
އެފްއޭ ކަޕަކީ 1988 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. އެހެންނަމަވެސް 2015 ގައި މި މުބާރާތް މެދު ކެނޑުނެވެ. އޭގެ ފަހުން ދެ އަހަރު ބޭއްވުމަށްފަހު ޝެޑިއުލްގެ މައްސަލައަކާއި ގުޅިގެން އަނެއްކާވެސް މެދު ކެނޑުނީއެވެ.
އެފްއޭކަޕް