News
ސީޒަަންގެ ޝެޑިއުލް ރޭވުމައް އެފްއޭއެމްއިން ފުޓުބޯޅަ ކޯޗުންނާ ބައްދަލުކޮށްފި
27 ފެބްރުއަރީ 2020
އަންނަ އަހަރުގެ ސީޒަންގެ ޝެޑިއުލް ރޭވުމައް ރާއްޖޭގެ ފުޓުބޯޅަ ކޯޗުންނާ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް(އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް ބައްދަލު ކުރައްވައިފިއެވެ.
މިދިޔަ ސީޒަންގެ ބަންދު މަހަކައްވުރެ ދިގުދެމިގެން ދިއުމުގެ ސަބަބުން ގިނަ ކޯޗުން އަދި ކުޅުންތެރިންވަނީ ހިތްހަމަ ނުޖެހުން ފާޅުކޮއްފައެވެ.
މިހެންވުމުގެ ސަބަބުން ބައެއް ކްލަބްތަކަށް މެޗްތަކަށް ކުޅުންތެރިން ހަމަކުރުމަށްވެސް ދަތިތަކާއި ކުރިމަތިލާންޖެހުނެވެ. އަދި ގިނަ ކްލަބް ތަކުގެ ކުޅުންތެރިންގެ ފިޓްނަސްގެ މައްސަލަތަކާއިވެސް ކުރިމަތިލާން ޖެހުނެވެ. އަދި ހަމަ އެއާއެކު ސީޒަން ދިގުދެމިގެން ދިއުމުގެ ސަބަބުން އެފްއޭކަޕް އަދި ޕްރެޒިޑެންޓް ކަޕްއަށްވެސް ވަނީ ބުރޫ އަރާފައެވެ.
މި ބައްދަލުވުމުގާ ބައިވެރިވެފައި ވަނީ ގްރީން ސްރީޓްގެ ކޯޗް އަލީ ނިސްތާރު މުހައްމަދާއި، ގައުމީ ޓީމްގެ އެސިސްޓެންޓް ކޯޗް އަލީ ސުޒެއިން، އީގަލްގެ ކޯޗް މުހައްމަދު ޝިޔާޒް(މޯހަން) އަދި ކުރީގެ ޓީސީގެ ކޯޗް މުހައްމަދު ނިޒާމް(ނިޒާމްބެ) އެވެ.
Dhivehi Premier League FAM