News
ނިޒާންބެ ނިއުރޭޑިއަންޓްއާ ގުޅެން އުޅޭ ވާހަކަ ދޮގުކޮއްފި
25 ފެބްރުއަރީ 2020
ކުރީގެ ޓީސީ، ގައުމީ 16 އަހަރުން ދަށުގެ ޓީމް އަދި ބަންގުލަދޭޝް ޕްރިމިއާ ލީގުގެ ސައިފްް ސްޕޯޓްގެ ކޯޗް މުހަންމަދު ނިޒާމް (ނިޒާމްބެ)، ނިއު ރޭޑިއަންޓާއި ގުޅެން އުޅޭ ހަބަރު ދޮގުކޮއް ނިޒާމްބެއަށް އެކަހަލަ އެއްވެސް މަސްވަރާއެއް ކޮށްފައި ނުވާނެ ކަމަށް ބުނެފި އެވެ.
ނިޒާމްބެ ވަނީ ޓީސީ ދެވަނަ ޑިވިޝަނުން ދިވެހި ލީގަށް ގެންގޮސްދީފަ އެވެ. ޓީސީ އާއެކު ހޭދަކުރި ފަހު ސީޒަނުގައި ނިޒާމްބެ ވަނީ އެކްލަބަށް ލީގު ކާމިޔާބުކޮށްދީފަ އެވެ. ޓީސީއިން ވަކިވުމަށް ފަހު ނިޒާމްބެ ވަނީ 16 އަހަރުން ދަށުގެ ޓީމަށް ވެސް ކޯޗުކޮށްދީފަ އެވެ. އޭގެ އިތުރުން ބަންގްލަދޭޝްގެ ސައިފް ފެޑަރޭޝަން ކަޕްގެ ކުއަޓާފައިނަލަށް ގެންގޮސްދީފައެވެ.
ނިއުގެ ކުރީގެ ކޯޗު ބާނާޑޯ ޓަވަރޭޝް އާއި ގިނަ އަދަދެއްގެ ބިދޭސީ ކުޅުންތެރިންގެ އިތުރުން އެޓީމުގައި އޭރު ތިބި ގިނަ ދިވެހި ކުޅުންތެރިންނަށްވެސް މުސާރަ ދީފައެއް ނުވެ އެވެ. ފައިސާގެ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައި ވަނިކޮށް އެކްލަބުގެ އޭރުގެ ޗެއާމަން ކާނަލް ރިޓަޔާޑް މުހަންމަދު ޒިޔާދު ވަނީ ކްލަބުގެ ޗެއާމަން ކަމުގެ މަގާމުން އިސްތުއުފާ ދީފަ އެވެ.
މިމައްސަލަ އާއި ގުޅިގެން އެފްއޭއެމްއިން ވަނީ ނިއު ރޭޑިއަންޓު ފުޓުބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑުކޮށްފަ އެވެ. ނިއުގެ ދަރިތައް ދައްކައި ކްލަބު އަލުން ފުޓުބޯޅައިގެ ތެރެއަށް ނެރުމަށް ކުރާ މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރި ވަނީ ކްލަބުގެ މައްޝޫރު ސަޕޯޓަރެއް ކަމުގައިވާ ނޮޅިވަރަމު ދާއިރާގެ މަޖްލިސް މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) އެވެ.
New Radiant Sports Club