News
މާޒިޔާއާއި ދެކޮޅަށް ނެރޭނީ ޒުވާން ޓީމެއް - ކުއަޑްރަޓް
25 ފެބްރުއަރީ 2020
ބުދަ ދުވަހު މާޒިޔާ އާއި ދެކޮޅަށް ނުކުންނަ މެޗަށް ނެރޭނީ ޒުވާން ޓީމެއް ކަމަށާއި ބެންގަލޫރުގައި ތިބި ޒުވާން ކުޅުންތެރިންނަށް އިތުބާރު ކުރަން ޖެހޭކަމަށް އެޓީމުގެ ސްޕެއިން ކޯޗު ކާލެސް ކުއަޑްރަޓް ބުނެފި އެވެ.
އޭއެފްސީ ކަޕުގެ ގުރޫޕް ސްޓޭޖުން ޖާގަ ހޯދުމަށް ބެންގަލޫރަށް ބެޑިތި ޕްރެޝަރުތަކެއް އަންނަނީ ކުރިމަތިވަނުންނެވެ. ކްލަބުގެ ވެރިންނާއި ސަޕޯޓަރުން ބެންގަލޫރު އޭއެފްސީ ކަޕުގައި ކުޅެން ބޭނުންވެއެވެ.
މާލޭގައި ކުޅުނު އަވޭ ލެގުން އެޓީމު 2-1 ނަތީޖާއަކުން ބަލިވުމާއެކު ބޮޑެތި ފާޑުކިޔުންތަކެއް އިންޑިޔާގެ ނޫސްތަކުން އެޓީމަށް އަމާޒު ކުރި އެވެ. މިހުރިހާ ސަބަބަކާ ހުރި ބެންގަލޫރަށް މިމެޗު ވަރަށް މުހިންމެވެ. އިންޑިޔާގެ ސުޕަ ލީގަށް އެންމެ ބޮޑު ހޭދައެއް ކުރި ޓީމަކީ ބެންގަލޫރެވެ. ސުޕަ ލީގާއި އޭއެފްސީ ކަޕަށް އެކްލަބުން އެކުލަވާލި ސްކޮޑުގެ އަގު ގާތް ގަނޑަކަށް 70 މިލިއަން ރުފިޔާ އާއި ގާތް ކުރެ އެވެ. ނަމަވެސް ސުޕަ ލީގުގައި ވެސް އެންމެ އެދެވޭ ކުޅުމެއް ބެންގަލޫރަކަށް ނުދެއްކެ އެވެ. އެޓީމު އޮތީ ލީގު ތާވަލުގެ ތިން ވަނައިގަ އެވެ. އެއް ވަނައިގައި އޮތް ގޯއާ އާއި އެޓީމާއި ދެމެދު ނުވަ ޕޮއިންޓުގެ ފަރަގެއް އެބަ އޮތެވެ.
މި ހުރުހާ ސަބަބަކާ ހުރި އަމިއްލަ ދަނޑުގައި މާޒިޔާ ބަލިކުރަން ބެންގަލޫރަށް ވަރަށް މުހިންމެވެ. މެޗާއި ބެހޭ ގޮތުން ވާހަކ ދައްކަމުން ބެންގަލޫރުގެ ކޯޗު ކުއަޑްރަޓް ބުނީ ޕްލޭ އޮފް އާއި ހަމައަށްވެސް އާދެވުނީ ވަރަށް ގިނަ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީގެން ކަމަށާއި އެހެން ކަމުން މާޒިޔާ އާއި ދެކޮޅަށް ނިކުންނައިރު އެކުޅުންތެރިންނަށް އިތުބާރު ކުރުން ވަރަށް މުހިންމު ކަމަށެވެ.
މެޗަށް ނިކުންނައިރު ކުއަޑްރަޓްގެ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އެޓީމުގެ ކެޕްޓަން ސުނިލް ޗެތްރީ އަނިޔާއިން ސަލާމަތްވެ އެންބުރި ފަރިތަކުރުން ތަކުގައި ބައިވެރިވުމެވެ. މެޗުގެ ކޮންމެވެސް ހިސާބަކުން ޗެތްރީ ފެނުން ވަރަށް ގާތެވެ. މާޒިޔާއަށް ބަލާއިރު އެޓީމުގެ އެޓޭކިން ލައިނުގެ މުހިންމު ދެކުޅުންތެރިން ކަމަށްވާ ކެޕްޓަން އަސްދުﷲ އަބްދުﷲ އަދި ހަސަން ނާއިޒްއަށް އަނިޔާގެ ސަބަބުން މެޗުގައި ނުކުޅެވޭނެ އެވެ.
މާޒިޔާއި ބެންގަލޫރު ބައްދަލުކުރާ ދެވަނަ ލެގު ފެށުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުގެ އިރުއޮއްސި 7:00 ގައެވެ.
AFC Cup Bengaluru FC Maziya Sports and Recreation Club