News
އަސަކޮ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް
22 ފެބްރުއަރީ 2020
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ(އަސަކޮ) ދިގު މުއްދަތަކަށް ކުޅުމާއި ދުރަށް ދާންޖެހިއްޖެއެވެ. އިންޑިޔާގެ ބެންގަލޫރު އެފްސީ އާއި މާޒިޔާ މާލޭގައި ބައްދަލުކުރި އޭއެފްސީ ކަޕް ޕްލޭ އޮފް މެޗުގެ ކުރީކޮޅު އަނިޔާވެގެން އަސަކޮ ވަނީ ބަދަލުކޮށްފަ އެވެ.
އިންޑިޔާގެ ސުޕަ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަނުންނާއި ދެކޮޅަށް މިމަހުގެ 26 ވަނަ ދުވަހު ކުޅޭ ދެވަނަ ލެގުގައި އަސަކޮއަށް ނުކުޅެވޭނެ ކަން މިހާރު ވަނީ ޔަގީންވެފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާ ވެފައިވަނީ އަސަކޮގެ ކަކުލުގެ ލިގަމެންޓަށެވެ.
ބެލެވޭ ގޮތުގައި މި އަނިޔާގެ ސަބަބުން ކަކުލުގެ އޮޕަރޭޝަނެއް ކުރަން އޭނާ ޖެހުން ގާތެވެ. މާޒިޔާ ޓީމު ބެންގަލޫރަށް ކުރާ ދަތުރުގައި އަސަކޮ ބައިވެރިވާނެ އެވެ. ބެންގަލޫރުގައި އިތުރު ފަރުވާއަށް އެނާ ޑޮކްޓަރަށް ދައްކަން ހަމަޖެހިފައިވާކަމަށް މާޒިޔާއިން މައުލޫމާތުދެއެވެ.
އަސަކޮގެ އިތުރުން މާޒިޔާގެ ފޯވާޑު ހަސަން ނާއިޒް(ދާދު)އަށް ވެސް ވަނީ އަނިޔާ ވެފައެވެ. މާލޭގައި އަބަހާނީ އައި ދެކޮޅަށް ކުޅުނު މެޗުގެ އިތުރުން ބެންގަލޫރާ ކުޅުނު ފުރަތަމަ ލެގު މެޗުންވެސް ދާދު ނުފެނެ އެވެ. މީގެ އިތުރުން ހުނަރުވެރި މިޑްފިލްޑަރު އިބްރާހިމް ވަހީދު ހަސަންވެސް މުޅިން ފިޓް ނުވާތީ ފެންނަނީ ބެންޗުންނެވެ.
ބެލެވޭ ގޮތުގައި އަސަކޮ އަށް އެންމެ އަވަހަށްވެސް ކުޅެން ނިކުމެވޭނީ ހަމަސް ދުވަސް ފަހުންނެވެ.
Maziya Sports and Recreation Club