News
ބީޖީ ފަން ފެސްޓިވަލް މާދަމާ ބާއްވަނީ
1 ފެބްރުއަރީ 2019
ކުޑަކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ބީޖީ ފަން ފެސްޓިވަލް ފުޓުބޯޅަ މުބާރާތް މާދަމާ އޮންނާނެއެވެ.
'ބޯޅަ'އަށް މައުލޫމާތު ދެއްވަމުން މި ފެސްޓިވަލް އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވާ އޮފިޝަލެއް ބުނުއްވި ގޮތުގައި މި ފެސްޓިވަލް މާދަމާ ދެދަންފަޅިއަކަށް ބެހިގެން ބޭއްވޭނެ ކަމަށް ބުންޏެވެ. އެގޮތުން ހެނދުނު 7:30ން 11:00ށް އެއް ދަންފަޅި އޮންނަ އިރު މެނދުރުފަހު 1:00ން ހަވީރު 4:30ށް ދެވަނަ ދަންފަޅި އޮންނާނެއެވެ. މި ފެސްޓިވަލް ބޭއްވިގެންދަނީ އީގަލްސް، ހުޅުމާލޭ ޔޫތު އެންޑް ސްޕޯޓްސް، އެމް.އެސް.އެޗް އަދި ބީޖީ ގުޅިގެންނެވެ. މި ފެސްޓިވަލްގައި ގްރޭޑް 4 އަދި 5ގެ ދަރިވަރުން އެކި ޓީމްތަކަށް ބަހާލެވިގެން ކުޅޭނެއެވެ. އެގޮތުން މުޅިއަކު 8 ޓީމް ކޮންމެ ދަންފަޅިއެއްގައި 20 މިނިޓުގެ ދިގު 10 މެޗު ކުޅޭނެއެވެ. މުޅިއަކު 20 މެޗު ކުޅެވޭ މި ހަރަކާތް ކުރިއަށްދާނީ ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލްގައެވެ.
އިތުރަށް މައުލޫމާތު ދެމުން މިހަރަކާތުގެ އޮފިޝަލެއް ބުނިގޮތުގައި ކުދިން ކުޅެ ހެދުމާއި ކޯޗްކުރުމުގައި ހަރަކާތްތެރިވާނީ ބެލެނިވެރިން ކަމުގައެވެ. ނަމަވެސް ޓީމްތަކުން އެކުދިންގެ ކުޅުމަށް އަންނަ ބަދަލާއި ހުނަރުތަށް ވަރަށް ގާތުން ބަލާނެކަމަށް ބުނެފައިވެއެވެ.
”މިފަދަ ހަރަކާތެއްގެ އަމާޒަކީ ދިވެހި ފުޓުބޯޅަ ތަރައްގީކުރުމާއި ތަފާތު މާހައުލުތަކަށް ކުދިން ހޭނުވުމާއި ފުޓުބޯޅައަށް ދިވެހިންގެ ތެރޭ އޮތް ލޯބި އިތުރުކުރުން. އަދި އެފް.އޭ.އެމްއިން މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ދެއްވާ އެއްބާރުލުމަށް މިފުރުސަތުގައި ވަރަށް ބޮޑަށް ޝުކުރުއަދާ ކުރަން." 'ބޯޅަ' އާއި ވާހަކަ ދައްކަމުން މިހަރަކާތާބެހޭގޮތުން މައުލޫމާތު ދެމުން ހަރަކާތުގެ އޮފިޝަލަކު ބުނުއްވިއެވެ.
ފޮޓޯ: އެފް.އޭ.އެމް
BG Academy BG Sports FAM Towards Future