News

އެފްއޭއެމް އާއި އެކު ފުޓުބޯޅައިގެ ފޯރި ގެނައުމަށް ލެޖެންޑުން ނިކުންނަނީ

20 ޖެނުއަރީ 2020






ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ކޮކާކޯލާ ކޮމްޕެނީ އަދި މޯލްޑިވްސް ސޮކާ މޭޓްސް (އެމްއެސްއެމް) އިން ރާއްޖޭގައި ކުޅެފައި ތިބި ލެޖެންޑުންގެ ފުޓުބޯޅަ މެޗެއް ބާއްވަން ނިންމައިފިއެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) މީޑިޔާ ތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި މެޗު ކުޅެން ހަމަޖެހިފައިވަނީ މި މަހު 24 ގައި ކަމަށާއި މި މެޗުގައި ރާއްޖޭގައި ކުޅެފައިތިބި ލެޖެންޑުންގެ ކުޅުން ފެންނާނެ ކަމަށެވެ.

މި މެޗުގައި އިސްކޮށް ހަރަކާތްތެރިވާ އެމްއެސް މޭޓްސްގެ ފަރާތުން އަލީ ސުޒެއިން ބުނީ މި މެޗުގައި މިދިޔަ 40 އަހަރު ތެރޭގައި ކުޅުނު ލެޖެނޑުންގެ ތެރެއިން ދަނޑަށްއަރައި ކުޅެވޭ ކުޅުންތެރިންގެ ކުޅުން ފެންނާނެ ކަމަށާއި އެގޮތުން ކުޑަ މޫސަ މެންކަހަލަ ކުޅުންތެރިންގެ ކުޅުން ފެނިގެންދާނެ ކަމަށެވެ.

މީގެއިތުރުން މިހާރު ކުޅެމުން އަންނަ ކުޅުންތެރިންގެ ތެރެއިން އަލީ އަޝްފާގް (ދަގަނޑޭ) ފަދަ މައްޝޫރު ކުޅުންތެރިންގެ ޝެޑިއުލް ތަންދޭނަމަ ފެނިގެންދާނެ ކަމަށެވެ. ދަގަނޑޭ އަދި ކުޑަ މޫސަގެ ކުޅުން އެއް މެޗަކުން ފެނިގެންދިޔުން ވެގެންދާނީ ދެ ޖެނެރޭޝަނުގެ އެންމެ މޮޅު ދެ ކުޅުންތެރިންގެ ކުޅުން އެއް މެޗަކުން ފެނިގެންދާނެ ފުރަތަމަ މެޗަށް ކަމަށް ސުޒެއިން ފާހަގަ ކުރިއެވެ. މީގެ އިތުރުން ސުޒެއިން ބުނީ ފުޓުބޯޅަ ދެމިއޮންނާނީ ފުޓުބޯޅަ ލެޖެންޑްސް އާއި އެކު ކަމަށެވެ.

FAM

Leave a Comment:

Comments will be published after moderation.