News

ފަރޭގެ ފުޓުބޯޅަ ކެރިއަރުގައި ސޮއި ކުރި 10 ވަނަ ކްލަބަކަށް އީގަލްސް، މިއީ ރިކޯޑެއް

15 ޖެނުއަރީ 2020






ރާއްޖޭގެ ގައުމީ ޓީމަށާއި ފުރަތަމަ ޑިވިޝަންގެ ގިނަ ކްލަބް ތަކަށް ކުޅެ ގިނަ ކާމިޔާބީ ތަކެއް ހޯދާފައިވާ ފަރުހާދު އިސްމާއިލް (ފަރޭ)ގެ ފުޓުބޯޅަ ކެރިއަރގައި ފުރަތަމަ ޑިވިޝަންގެ 10 ވަނަ ކްލަބް ކަމަށްވާ އީގަލްސް އަށް ސޮއިކޮށްފިއެވެ. 

މިއީ ރާއްޖޭގައި ކުޅުންތެރިޔަކު ފުރަތަމަ ޑިވިޝަންގެ މިހާ ގިނަ ކްލަބް ތަކަށް ކުޅުނު ފުރަތަމަ ކުޅުންތެރިޔާއެވެ. ފަރޭގެ ފުޓުބޯޅަ ކެރިއަރ ފެށި 2003 ވަނަ އަހަރު ވިކްޓްރީ ސްޕޯޓްސް ކްލަބުންނެވެ. އޭގެފަހުން ވެލެންސިއާ، ވީބީ، ބީޖީ، މާޒިޔާ، ގްރީން ސްޓްރީޓް، ޔުނައިޓެޑް ވިކްޓްރީ އަދި ފަރޭގެ އުފަން ރަށް ކަމަށްވާ ނިލަންދޫ ޓީމް ހިމެނެއެވެ. 

ފަރޭ އެންމެ ފަހުން ފެނިގެން ދިޔައީ މިދިޔަ އަހަރު ނިލަންދޫ ޓީމުގެ ކެޕްޓަނެއްގެ ގޮތުންނެވެ. ދިވެހި ޕްރިމިއަރ ލީގުގެ 3 ވަނަ ބުރަށް އެޓީމް ކޮލިފައި ނުވުމުން ލީގުގެ ބާކީ އޮތް ތިން މަސް ދުވަހު ފަރޭ ފެނިގެންދާނީ އީގަލްއިން ކަމަށް އޭނާ ބުންޏެވެ. އަދި އީގަލްސް އިން ވެސް ވަނީ އެކަން ކަށަވަރު ކޮށްދީފައެވެ. 

ފަރޭވަނީ ގިނަ ދުވަސް ތަކެއް ވަންދެން ގައުމީ ޓީމަށް ކުޅެފައެވެ. އަދި ޒުވާން ގައުމީ ޓީމްތަކުން ވެސް އޭނާ ވަނީ ފެނިފައެވެ. 

ފަރޭ އަކީ ފުޓުބޯޅައިގެ އިތުރުން ގައުމީ ލެވަލްގައި ވޮލީވެސް ކުޅޭ ހުނަރުވެރި ކުޅުންތެރިއެކެވެ. 



Leave a Comment:

Comments will be published after moderation.